Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 7:11 - ކިތާބުލް މުޤައްދަސާ

11 ދެން ފިރުޢައުނު އޭނާގެ ބުއްދިވެރިންނާއި ފަންޑިތަވެރިން އެތަނަށް ގެންނަވައިފިއެވެ. އަދި އެމީހުން ވެސް ފަންޑިތައިގެ ބާރުން ވެސް އެކަންތައް ހަމަ އެފަދައިން ކޮށްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 7:11
25 ပူးပေါင်းရင်းမြစ်များ  

ޖެހިގެންއައި ދުވަހުގެ ހެނދުނު ފިރުޢައުނު ރަސްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާމެދު އޭނާއަށް ހުންނެވުނީ ކަންބޮޑުފުޅުވެ ފުން ވިސްނުންފުޅެއްގެ ތެރޭގައެވެ. އެހެންވީމާ، މުޅި މިޞްރުގައި ވީ އެންމެހާ ބުއްދިވެރިންނާއި ކަހީނުން އެއްކުރެއްވުމަށް ފަހު އެބައިމީހުންނަށް އެ ރަސްގެފާނުގެ ހުވަފެންފުޅުތައް ވިދާޅުވެ ދެއްވިއެވެ. ނަމަވެސް އެބައިމީހުންގެ ތެރެއިން އެއްވެސް މީހަކަށް މި ހުވަފެންތަކުގެ ތަޢުބީރު ދަންނަވާކަށް ނޭގުނެވެ.


އެމީހުންގެ އަސާތައް ވައްޓާލުމުން އެ އަސާތައް ވެސް ހަރުފަތަކަށް ބަދަލުވިއެވެ. އެކަމަކު ހާރޫނުގެފާނުގެ އަސާކޮޅުން އެ ހުރިހާ ހަރުފަތަކެއް ކާލިއެވެ.


އެކަމަކު ރަސްގެފާނުގެ ފަންޑިތަވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެކަންތައް ހަމަ އެ ގޮތަށް ކޮށްފިއެވެ. އެހެންވެ އިހުނެކޭ އެއްވަރަށް ފިރުޢައުނު ބޯ ހަރުވިއެވެ. މާތްރަސްކަލާނގެ ވަޙީކުރެއްވި ފަދައިން ފިރުޢައުނު މޫސާގެފާނާއި ހާރޫނުގެފާނުގެ ބަސްފުޅެއް ނުއެއްސެވިއެވެ.


ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން އެ ބާވަތުގެ މެހި އުފައްދަން އުޅެފިއެވެ. އެކަމަކު މިފަހަރު އެމީހުންނަކަށް ކާމިޔާބެއް ނުވިއެވެ. އެ މެހިތައް އައިސް އިންސާނުންނާއި ޖަނަވާރުންގެ ގަޔަށް އަރައިގެންފިއެވެ.


ނީލަކޯރު ބޮއްތަކުން ފުރި ބަނޑުންވެ އެއެއްޗެހިތައް އައިސް މަނިކުފާނުގެ ގަނޑުވަރަށް ވަދެ މަނިކުފާނު އަވަހާރަފުޅުލައްޕަވާ ކޮޓަރިކޮޅަށް ވަދެ މަނިކުފާނުގެ އެނދުދާންކޮޅަށް އަރައި، މަނިކުފާނާއި ވަޒީރުންނާއި މަނިކުފާނުގެ މީހުންގެ ގޭގެއަށް ވަންނާނެއޭ. އަދި މަނިކުފާނުގެ ބަދިގޭ އަވަނަށާއި ތެލިތައްޓަށް އަރައި ފުމޭނެޔޭ.


އެކަމަކު ފިރުޢައުނުގެ ސިހުރުވެރިން ވެސް އެމީހުންގެ ސިހުރުގެ ބާރުން މިޞްރު ބިމަށް ހަމަ އެ ގޮތަށް ބޮއްތައް އަރުވައިފިއެވެ.


ދޮގު މަސީޙުންނާއި ދޮގު ނަބީން ފެނިގެންދާނެ. އަދި އެމީހުން މަތިވެރި މުޢުޖިޒާތާއި އަލާމާތްތައް ދައްކައި މީސްތަކުން ޙައިރާންކުރުވައި އެމީހުންނަށް ވެގެންވަންޏާ މާތްރަސްކަލާނގެ ޚިޔާރު ކުރައްވާފައިވާ މީހުން ވެސް މޮޔަހައްދަން އުޅޭނެ.


އޭ މޮޔަ ހޭނުޖެހޭ ގަލާތިޔާގެ މީހުންނެވެ! ކަލޭމެން ތިޔަވަނީ ކާކުގެ ކޮންފަދަ އަވައެއްގަ ޖެހިފައި ހެއްޔެވެ؟ ކުރިން ކަލޭމެންނަށް އީސާގެފާނު ސަލީބުގައި އަވަހާރަވެދިޔަ ސަބަބު ފުރިހަމައަށް ސާބިތުވެ އެނގުނެވެ.


އަދި އޭރުން ކުޑަކުދިން ފަދައިން އަހަރެމެން އަމަލުކުރުން ހުއްޓާލާނެއެވެ. އެހެނީ މިސްރާބު ގެއްލިފައިވީ އުޅަނދެއް ފަދައިން ވަޔާއި އޮއިގެ ތެރޭގައި ދެއަތަށް ކިރިކިރި އޮންނަ އުޅަނދެއްފައިން ނުވާނެއެވެ. ހަމައެހެންމެ މީސްތަކުންގެ ދޮގު ފަތުވާތަކުންނާއި މަކަރުވެރިކަމުގެ ނުފޫޒެއް ނުފޯރުވޭނެއެވެ.


މި ބޮޑު ދުޝްމަން ފަރާތް ފައުޅުވެ ޝައިތާނާގެ ފަރާތުން ލިބިފައިވާ ބާރުން އެންމެހާ ބާވަތްތަކުގެ ޙައިރާން ކުރުވާފަދަ ދޮގު މުޢުޖިޒާތްތަކާއި، ނިޝާންތައް ދައްކާނެއެވެ.


އަދި މިފަދަ އެދުރުން ތެދާއިމެދު ދެކޮޅުހަދާނެއެވެ. މި ބުނެވިދިޔަ ފަދައިން ޔައްނީސް އާއި ޔަމްބިރީސް މޫސާގެފާނާއި ދެކޮޅުވެރި ވިއެވެ. އަދި މިފަދަ މީހުންނަކީ ތެދު ޙަޤީޤަތާއި އިދިކޮޅު ޢަދާވާތްތެރިންނެވެ. އެބައިމީހުންގެ ބުއްދިވަނީ ފާޙިޝް ޚިޔާލުތަކުން ފުރިފައެވެ. އެމީހުންގެ ކިބައިން ފެނުނީ އަސްލެއް ނުވާ އީމާންތެރިކަމެކެވެ.


އެމީހުންނަކަށް މާބޮޑު ކާމިޔާބީއެއް މިކަމުގައި ލިބުމެއް ނެތެވެ. އެހެނީ އެމީހުންގެ މޮޔަކަން ޔައްނީސް އާއި ޔަމްބިރީސްއާ މެދު ކަންތައް ވީފަދައިން އެންމެންނަށް ފާޅުގެން ހިނގައިދާނެއެވެ.


އަދި ކަނޑުދާއްބަ އަތުލައިގަނެ އެ އެއްޗާއި އެއްބައިވެ އޭތީގެ ޙާޟިރުގައި އޭތީގެ ސިލު ޖަހައި އަދި އޭތީގެ ސޫރައަށް އަޅުކަންކުރި ފަރާތްތަކަށް މުޢުޖިޒާތްތައް ދައްކައި މަކަރު ހެދި ދޮގުވެރި ނަބީކަލޭގެއާއި އެކުގައި އޭތި ވެސް ހުރަގެއަށް ލެވުނެވެ. އެ ކަނޑުދާއްބައާއި ދޮގުވެރި ނަބީކަލޭގެ ދިރިތިއްބައި ކައްސަނދުވާނިން އަނދައަނދާ ހުރި އަލިފާނުގެ ބޮޑުފުން ކުޅިއަށް އެއްލައި ލެވުނެވެ.


ދެން އެމީހުންގެ ކަހީނުންނާއި ރާހިބުން އެއްކޮށްފި އެވެ. އެމީހުންނާ ސުވާލު ކުރިއެވެ. ”⁠އަހަރެމެން މާތްރަސްކަލާނގެ ފޮށިކޮޅާއި މެދު ކަން ކުރަންވީ ކިހިނެއްތަ؟ އަހަރެމެން މި ފޮށިކޮޅު އަނބުރާ އެ ހުރިތަނަށް ފޮނުވަން ހަދާނީ ކިހިނެއްތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ