Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 7:10 - ކިތާބުލް މުޤައްދަސާ

10 ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައް ކުރެއްވިއެވެ. ހާރޫނުގެފާނު އެކަލޭގެފާނުގެ އަސާކޮޅު ފިރުޢައުނާއި ވަޒީރުންގެ ކުރިފުޅު މައްޗަށް ވައްޓަވާލެއްވުމާއެކު އެ އަސާކޮޅު ހަރުފަޔަކަށް ވެއްޖެއެވެ!

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 7:10
10 ပူးပေါင်းရင်းမြစ်များ  

ދެން އެމީހުން ގޮސް މާތްރަސްކަލާނގެ މޫސާގެފާނަށާއި ހާރޫނުގެފާނަށް ވަޙީ ކުރެއްވި ފަދައިން ކަންތައް ކޮށްފިއެވެ.


އެކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ތިޔަ އަސާ ބިންމައްޗަށް އެއްލާލަބަލަ.⁠“ މޫސާގެފާނު އެ ދަނޑިބުރި އެއްލާލުމާއެކު އޭތި ވިހަ ހަރުފައަކައް ބަދަލުވެއްޖެއެވެ. އެތަން ފެނި ވަޑައިގެން މޫސާގެފާނު ފުރަގަހަތަށް އެއްލިގެންދިޔައެވެ.


ވީމާ ފިރުޢައުނު ހެނދުނު ނީލަ ކޯރުދޮށަށް ދާއިރު އެތަނަށް ދޭ. ގޮސް ނީލަ ކޯރުދޮށުގައި އޭނާ އަންނަންދެން ތިބޭ. ކަލޭމެން ދާއިރު ހަރުފައަށް ބަދަލުވި ދަނޑިބުރި ގެންދާތި.


ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ފިރުޢައުނާއި އޭނާގެ ހުރިހާ ވަޒީރުން ބައްލަވަން ތިއްބަވަނިކޮށް ހާރޫނުގެފާނުގެ އަސާކޮޅު އުފުއްލަވައި ކޯރުގެ ފެންގަނޑުގައި އެއިން ޖައްސަވައިފިއެވެ. ހަމަ އެއާއެކު އެކޯރުގެ ހުރިހާ ފެނެއް ލެޔަށް ބަދަލުވެއްޖެއެވެ.


ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުފުޅު ކުރެއްވި ގޮތުގެ މަތިން ކަންތައް ކުރެއްވިއެވެ.


”⁠ފިރުޢައުނު ރަސްގެފާނު ކަލޭމެންގެ ކިބައިން މުޢުޖިޒާތެއް ދެއްކުމަށް އެދިއްޖެނަމަ ހާރޫނު ގާތު ބުނޭ އޭނާގެ އަސާ ނަގައި ފިރުޢައުނުގެ ކުރިމައްޗަށް އެއްލާލާށޭ. އޭރުން އޭތި ހަރުފަޔަކަށް ވެދާނެ.⁠“


ވިހަ ހަރުފަ އަތަށް ނަގައި އޭގެ ވިހަ ލުމަކުން އަދި ޒަހަރު ބުއިމަކުން އެފަދަ އީމަންތެރިކަމުގައިވާ ބަޔަކަށް އެއްވެސް ގެއްލުމެއް ނުލިބޭނެ. އަދި އެބައިމީހުންގެ އަތްތިލަތައް ބީހިލުމުން މީސްތަކުންގެ ބަލިތަކަށް ޝިފާލިބި ރަނގަޅުވެދޭ.⁠“


ހަރުފަ އާއި ނަގުލަންދާށީގެ މައްޗަށް ފައިން އަރާ ޗިސްޗިސް ކޮށްލުމަށާ ޝައިތާނާގެ ހުރިހާ ބާރެއް ނެތިކޮށްލުމަށް އަހަރެން ކަލޭމެންނަށް ބާރު ދީފިން. އެއްވެސް އެއްޗަކަށް ކަލޭމެންނަކަށް އަނިޔާއެއް ނުދެވޭނެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ