Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 6:9 - ކިތާބުލް މުޤައްދަސާ

9 މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 6:9
9 ပူးပေါင်းရင်းမြစ်များ  

މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މި ގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.


އަހަރެމެން މިޞްރުގައި ތިބެފާ ވެސް މިކަންތައް ވާނީ މިހެންނޭ ނުބުނަންތަ؟ އަހަރެމެން ބުނީމު، ’⁠އަހަރެމެން ތިބިޔަ ދޭށޭ، އަހަރެމެން މިޞްރު މީހުންގެ އަޅުންގެ ގޮތުގައި އުޅެފާނަމޭ. ސަހަރާތެރޭގައި މަރުވެ ދިއުމަށް ވުރެން މިޞްރުގައި އަޅުވެތިވެފައި ތިބުން ވެސް މާ ރަނގަޅޭ!⁠‘⁠“


އަހަރުތަކެއްގެ ފަހުން މިޞްރުގެ ރަސްގެފާނު އަވަހާރަވިއެވެ. އެހެން ނަމަވެސް ބަނީއިސްރާއީލު މީހުން އުޅެންޖެހިފައިވާ އަޅުވެތި ވޭނުގައި އެހީއަށް އެދި ރޮއިހޭރެމުން ދިޔައެވެ. މާތްކަލާނގެއާ ހަމަޔަށް އެ ރުއިމުގެ އަޑު ފޯރައިފިއެވެ.


އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.


ނުބައިމީހާ ކަންކަމު އަންނަން ޖެހޭނީ ހެޔޮމީހުންގެ ގާތަށެވެ. ފާފަވެރިޔާ ސަލާންޖަހާނީ ޞާލިޙުންގެ ގެދޮރަށެވެ.


ތިމާގެ ކިބައިގައި ރޫޙާއި ޖޯޝް ހުރުމުން ބަލި ހަށިގަނޑަށް ގަދަކަން ލިބެއެވެ. އެކަމަކު ރޫޙު ނެތުމުން ފުރާނައަކަށް އެ ހަށިގަނޑަކު ނުހުރެވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ