ނެރުއްވުން 6:6 - ކިތާބުލް މުޤައްދަސާ6 އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ. အခန်းကိုကြည့်ပါ။ |
ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.
އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.
އަހަރެން މިޞްރުގައި ކަލޭމެން ތިޔަ އުޅޭ ދަތިހާލުން ސަލާމަތް ކޮށްދެއްވަން ވަޢުދުވެ ވޮޑިގަންނަވަމުއޭ. އަދި މާމުޔާއި ކިރު ލިބެންހުރި ގޮވާން ތަނަވަސް ބިމަކަށް އަހަރެން ކަލޭމެން ގެންދަވާނަމުއޭ. އެއީ މިހާރު ކަންޢާނީންނާއި، ޙިއްޘީންނާއި، އަމޫރީންނާއި، ފިރިއްޒީންނާއި، ޙިއްވީންނާއި ޔަބޫސީން ދިރިއުޅެމުންގެންދާ ބިމޭ.“‘