ނެރުއްވުން 6:3 - ކިތާބުލް މުޤައްދަސާ3 އަހަރެން އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކުރިމައްޗަށް ފާޅުވީ ކުޅަދުންވަންތަ ކަލާނގެ ގޮތުގައި. އެހެނެއްކަމަކު އެބޭކަލުންނަށް އަހަރެންގެ ނަމަކީ ޔަހޫވޭ ކަމެއް ނުއެއް އަންގަން. အခန်းကိုကြည့်ပါ။ |
އެތަނުގެ ނަމެއްގެ ގޮތުގައި ”މާތްރަސްކަލާނގެ މެދުވެރި ކުރެއްވުން“ ކަމުގައި ވިދާޅުވެ އެތަނަށް އިބްރާހީމްގެފާނު ނަންދެއްވިއެވެ. މި ފޮތް ލިޔުނު ދުވަސްވަރު ހަރުބަހެއްގެ ގޮތުގައި އެޙާދިސާއަށް ނިސްބަތްކުރައްވާ މީސްތަކުން މިފަދައިން ބުނެއުޅުނެވެ. ”މާތްރަސްކަލާނގެ އެކަލާނގެ ފަރުބަދައިގައި މެދުވެރިކޮށްދެއްވާނެ.“
އަދި މާތްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”ތިމަންކަލާނގެއީ ކުޅަދުންވަންތަ ކަލާނގެ. ތިމަންކަލާނގެ ތިބާގެ ދަރިފަސްކުޅު ގިނަކުރައްވާނަން. އެ ދަރިފަސްކޮޅުން ބޮޑެތި ވެގެންވާ ޤައުމުތަކެއް އުފެދިގެންދާނެ. އަދި ތިބާގެ ދަރިފަސްކޮޅުން ގިނަގުނަ ރަސްކަލުން އުފަންވާނެވެސްމެ. ތިބާއަކީ އެ ހުރިހާ އެންމެންގެ ކާބަފައި ކަމުގައި ވެސް ވާނެމެ.
އެއަށް ފަހު ޔަޢުޤޫބުގެފާނު ޔޫސުފުގެފާނަށް މިފަދައިން ވިދާޅުވިއެވެ. ”އަހަރެން ކަންޢާނުގެ ލޫޒްގައި ވަނިކޮށް ކުޅަދުންވަންތަ ކަލާނގެ އަހަރެންގެ ކުރިމައްޗަށް ފައުޅުވެ ވަޑައިގެންނެވުމަށް ފަހު، އެތަނުގައި އަހަރެންނަށް ބަރަކާތްލައްވައި އެކަލާނގެ އަހަރެންނަށް މިފަދައިން ވަޙީ ކުރެއްވި. ’ތިމަންކަލާނގެ ތިބާގެ ދަރިފަސްކޮޅު އިތުރު ކުރައްވައި ބޮޑު ޤައުމެއްގެ ގޮތުގައި ލައްވާނަމޭ. އަދި ކަންޢާނުގެ މިބިން ތިބާއަށާއި ތިބާގެ ދަރިފަސްކޮޅުގެ މީސްތަކުންނަށް އަބަދަށްޓަކައި މިލްކުވެގެންވާ ތަނެއްގެ ގޮތުގައި ދެއްވާނަމޭ.‘
މި ސިޓީ އަކީ އޭޝިޔާ ސަރަހައްދުގައި ތިބި މަސީޙީ ޖަމާޢަތުގެ ހަތް ޖަމާޢަތަށް ޔޫޙަންނާގެ ފަރާތުން ލިޔެ ފޮނުވާ ސިޓީއެކެވެ. މިހިނދުގައިމެ ވޮޑިގެންވާ، މާޒީގައި ވޮޑިގެންވި، އަދި މުސްތަޤްބަލުގައި ވެސް އަބަދަށްމެ ވޮޑިގެންވާނެ މާތްރަސްކަލާނގެ ކިބަފުޅުންނާއި، އަދި އެކަލާނގެ ތަޚުތުކޮޅުގެ ކުރިމަތީގައިވާ ހަތް ރޫހުފުޅުގެ ފަރާތްޕުޅުންނާއި، ވަފާތެރި ހެކިވެރިޔާ އަދި ޚަލްޤުތަކުންގެ ތެރެއިން އަވަހާރަވެ ވަޑައިގެންނެވުމަށް ފަހު އެންމެ ފުރަތަމަ އަލުން ދިރިދުނިޔެއަށް ވަޑައިގެންނެވި ފަރާތް ކަމަށްވާ މިދުނިޔޭގެ ހުރިހާ ރަސްރަސްކަލުންގެ ވެރިޔާ އީސާ އަލްމަސީޙުގެ ފަރާތްޕުޅުން ތިޔަބައިމީހުންނަށް ނިޢުމަތާއި ސުލްހަވެރިކަން ރައްދުކުރަމެވެ. އެކަލޭގެފާނު އަހަރެމެން ދެކެ ވާލޯބިފުޅުގެ ސަބަބުން އަހަރެމެންނަށްޓަކައި ޤުރުބާން ކުރެވި އަވާހަރަވެ ވަޑައިގެންނެވީ އެކަލޭގެފާނުގެ ލޭފޮދުން އަހަރެމެން ފާފަވެރިކަމުން މިނިވަން ކޮށްދެއްވުމަށެވެ.