27 މިޞްރުގެ ރަސްގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން އިސްރާއީލީން ދޫކޮށް ދިނުމަށް އެދި ދަންނަވަމުން އެގެންދަވަނީ މި ދެބޭކަލުންނެވެ.
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި.
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭމެން މިޞްރުން އައި އެންމެން ދެން ދާން އުޅޭ. އަހަރެން އިބްރާހީމް އަށާއި އިސްޙާޤަށާއި ޔަޢުޤޫބަށް ދޭން ވަޢުދު ކުރި ބިމަށް ކަލޭމެން ދަތުރުކުރޭ! އަހަރެން އެމީހުން ގާތު ބުނެފައިވާނެ އެމީހުންގެ ދަރިކޮޅަށް އެ ބިން ދޭނަމޭ.
މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް މިފަދައިން އަމުރުފުޅު ކުރެއްވިއެވެ. ”އިސްރާއީލީންނާއި މިޞްރު ރަސްގެފާނު ގާތު ބުނޭ ’ތިމަންކަލާނގެ މީހުން އެރަށުން ނެރޭށޭ މާތްކަލާނގެ ތިމަންމެނަށް އެންގެވިއޭ.‘“
”އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.
މިޞްރުގެ ބިމުގައި މާތްރަސްކަލާނގެ މޫސާގެފާނަށް ބަސްފުޅު ވަޙީ ކުރެއްވި ހިނދު އެކަލާނގެ ވަޙީ ކުރެއްވިއެވެ.
ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނު ގާތަށް ވަޑައިގެން މާތްރަސްކަލާނގެ އެންގެވި ފަދައިން ކަންތައް ކުރެއްވިއެވެ. ހާރޫނުގެފާނު އެކަލޭގެފާނުގެ އަސާކޮޅު ފިރުޢައުނާއި ވަޒީރުންގެ ކުރިފުޅު މައްޗަށް ވައްޓަވާލެއްވުމާއެކު އެ އަސާކޮޅު ހަރުފަޔަކަށް ވެއްޖެއެވެ!
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއީ މޫސާގެފާނާއި ހާރޫނުގެފާނު ޚިޔާރު ކުރެއްވި ރަސްކަލާނގެ. އެއީ ކަލޭމެންގެ ކާބަފައިން މިޞްރުން ނެރުއްވައި މިންޖު ކޮށްދެއްވި ރަސްކަލާނގެ.