26 ”އިސްރާއީލުގެ މީހުން މިޞްރުން ފައުޖުތަކެއް ފަދައިން ނެރޭށޭ“ މިހެން މާތްރަސްކަލާނގެ އަމުރު ކުރެއްވި މޫސާގެފާނާއި ހާރޫނުގެފާނަކީ އިސްވެ ލިޔެވިފައިވީ މޫސާ އާއި ހާރޫނެވެ.
މިގޮތުގެ މަތިން އުޑާއި ބިމުގައިވާހައި ތަކެއްޗެއް މާތްކަލާނގެ އުފައްދަވައި ނިންމެވިއެވެ.
ކަމީރުނުލާ ބޯރޮށީގެ މިޢީދު ފާހަގަ ކުރަނީ ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުމުގެ މުނާސަބާ ފާހަގަ ކުރާ ދުވަސްކަމަށް ވާތީއޭ. މިއީ ދާއިމީ ގޮތުގައި ކަލޭމެން ކުރަން ޖެހޭނެ ކަމެކޭ. މި ޢީދު ކަލޭމެންގެ ދަރިކޮޅުގެ މިރިމިރީނާ ހަމަޔަށް ދަމަހައްޓަން ވާނެއޭ.
އެ ދުވަހަކީ މާތްރަސްކަލާނގެ ފައުޖުތައް މިޞްރުގައި އުޅޭތާ ހަތަރުސަތޭކަ ތިރީސް އަހަރު ފުރުނު ދުވަސް ވެސް މެއެވެ.
ހަމަ އެދުވަހު މިޞްރުގެ ބިމުން އިސްރާއީލީންގެ ފައުޖުތައް މާތްރަސްކަލާނގެ ނެރުއްވައިފިއެވެ.
މިހެން ވަޙީކުރައްވާފައި މާތްކަލާނގެ އެމީހުން ގެންދެވީ ވަށާލައިގެން ހަނަފަސް ސަހަރާގެ ތެރޭން ރަތް ކަނޑާ ދިމާއަށެވެ. އެމީހުން މިޞްރުން ނުކުމެގެން ދިޔައީ ހަނގުރާމައަކަށް ދާ ލަޝްކަރެއް ފަދައިންނެވެ.
”އަހަރެންނަކީ މިޞްރުގެ ބިމުގައި ކަލޭމެން އަޅުވެތިވެފައި ވަނިކޮށް އެތަނުން ކަލޭމެން ސަލާމަތް ކޮށްދިން ކަލޭމެންގެ އިލާހު، ’މާތްރަސްކަލާނގެ‘.
މޫސާގެފާނު ފަރުބަދަމަތިން އެނބުރި ވަޑައިގަތުން ލަސްވެގެން މީހުން އައިސް ހާރޫނުގެފާނު ވަށާލިއެވެ. ”އަހަރެމެންނަށް މަގުދައްކާނެ އިލާހެއް ހަދައިދީ. އަހަރެމެން މިޞްރުން ނެރެގެން މިތަނަށް ގެނައި މޫސާއޭ ކިޔާ ކަލޭގެއަށް ވީ ގޮތެއް އަހަރެމެންނަކަށް ނޭނގޭ.“
އެކަމަކު މޫސާގެފާނު އެކަލޭގެފާނުގެ އިލާހު، މާތްރަސްކަލާނގެ ކޯފާ މައިތިރި ކުރެވޭތޯ އުޅުއްވިއެވެ. ”އޭ މާތްރަސްކަލާނކޮ! އިނބަރަސްކަލާނގެ މީހުންނާ ދޭތެރޭ ތިޔަހާ ބޮޑަށް ކޯފާވެ ވޮޑިގަންނަވަނީ ކީއްވެތޯ؟ އެމީހުން މިޞްރުން ނެރުއްވީ ވެސް އިނބަރަސްކަލާނގެ ކުޅަދުންވަންތަ ބާރުފުޅު ގަދަ އަތްޕުޅުން ނޫންތޯ؟
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަވަސް ކުރޭ! ފަރުބަދައިގެ ތިރިއަށް ދޭ! ކަލޭ މިޞްރުން ނެރެގެން ގެނައިމީހުން އަމިއްލައަށް ހަލާކު ވެގެންފި.
މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް މިފަދައިން އަމުރުފުޅު ކުރެއްވިއެވެ. ”އިސްރާއީލީންނާއި މިޞްރު ރަސްގެފާނު ގާތު ބުނޭ ’ތިމަންކަލާނގެ މީހުން އެރަށުން ނެރޭށޭ މާތްކަލާނގެ ތިމަންމެނަށް އެންގެވިއޭ.‘“
ޢަމްރާމް ކައިވެނީކުރީ އޭނާގެ ބައްޕަގެ އަންހެން ކޮއްކޮ ޔޫކާބަދުއާ އެވެ. އޭނާ ވިހެއި ދަރިންނަކީ ހާރޫން އާއި މޫސާއެވެ. އަމްރާމް ސަތޭކަ ތިރީސް ހަތް އަހަރު ދުނިޔޭގައި ހުއްޓެވެ.
ކަލޭމެން ތީ ތިމަންކަލާނގެ މީހުން ކަމުގައި ހައްދަވާނަމޭ. އަދި ތިމަންކަލާނގެއީ ކަލޭމެންގެ އިލާހޭ. ތިމަންކަލާނގެ ކަލޭމެން މިޞްރުން ނެރުއްވީމާ ކަލޭމެންނަށް އެނގޭނެޔޭ ތިމަންކަލާނގެއީ ކަލޭމެން ހެއްދެވި އިލާހު މާތްރަސްކަލާނގެކަން.
ދެން ވެސް ފިރުޢައުނު ކަލޭމެން ބުނާ ގޮތެއް ނަހަދާނެ. އެހެންކަމުން އަހަރެން މިޞްރުގެ މީހުންނަށް ވަރުގަދަ އަހުވައެއް ދައްކައި ނިހާޔަތުގެ އިންސާފުވެރިގޮތުގައި އަހަރެންގެ މީހުން މިޞްރުގެ ބިމުން ފައުޖުތަކެއްގެ ގޮތުގައި ނެރޭނަން.
ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއީ މޫސާގެފާނާއި ހާރޫނުގެފާނު ޚިޔާރު ކުރެއްވި ރަސްކަލާނގެ. އެއީ ކަލޭމެންގެ ކާބަފައިން މިޞްރުން ނެރުއްވައި މިންޖު ކޮށްދެއްވި ރަސްކަލާނގެ.
ޔަޢުޤޫބުގެފާނު މިޞްރަށް ވަޑައިގެން ކަލޭމެންގެ ކާބަފައިން އެތަނުގައި އުޅުއްވަނިކޮށް މިޞްރުމީހުންގެ ދުއްތުރާ ބޮޑުވެގެން މާތްރަސްކަލާނގެއަށް ދެންނެވުމުން އެކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނު މެދުވެރިކޮށް އެމީހުން ސަލާމަތް ކުރައްވައި މިތަނަށް ގެންނެވި.