Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 6:2 - ކިތާބުލް މުޤައްދަސާ

2 މާތްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އަހަރެންގެ ނަމަކީ ޔަހޫވޭ. ވޮޑިގެންވާ ކަލާނގެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 6:2
19 ပူးပေါင်းရင်းမြစ်များ  

އަދިވެސް މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠ތިމަންކަލާނގެއީ ކަލްދާނީންގެ ސަރަހައްދުގެ އޫރު އިން ތިބާއަށް މިރަށް ދެއްވުމަށްޓަކާ ގެންނެވި ކަލާނގެ.⁠“ އެ ހިނދު އަބްރާމް ދެންނެވިއެވެ. ”⁠ސާހިބުވަންތަ މާތްރަސްކަލާނކޯ، މިރަށް އިނބަރަސްކަލާނގެ އަޅާއަށް މިލްކު ކޮށްދެއްވާނެކަން އަޅާއަށް ޔަޤީންވާނެ ގޮތަކީ ކޮބައިތޯ؟⁠“


އެރޭ ތިމަންކަލާނގެ މިޞްރު ތެރޭން ދާނަމޭ. އަދި މިޞްރުގެ ކޮންމެ ގެއެއްގެ ދޮށީ ފިރިހެން ދަރިއާއި ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި މަރާނަމޭ. އެގޮތުން މިޞްރު މީހުންގެ އިލާހުންގެ މައްޗަށް ޢުޤޫބާތް ފޮނުއްވާނަމޭ. އެހެނީ މާތްރަސްކަލާނގެއަކީ ތިމަން ކަލާނގެއޭ!


އަހަރެން ފިރުޢައުނާއި އޭނާގެ މީހުން ބަލިކޮށްލާތަން ފެނުމުން މިޞްރު މީހުންނަށް އެނގޭނެ، މާތްރަސްކަލާނގެއަކީ އަހަރެން ކަން!⁠“


އެ މާތްރަސްކަލާނގެއަކީ އެންމެ މޮޅަށް ހަނގުރާމަ ކުރައްވާ ފަހުލަވާނު. އެކަލާނގެ ނަންފުޅަކީ ޔަހޫވޭ.


މާތްރަސްކަލާނގެ އަމުރުފުޅަށް އިސްރާއީލީންގެ ޖަމާޢަތުގެ އެންމެން ސީން ދޫކޮށް ހަނަފަސްބިމުގައި އެއްތަނުން އަނެއް ތަނަށް ދަތުރުކުރަމުން ދިޔައެވެ. އެންމެ ފަހުން އެމީހުން ރަފީދީމު ކިޔާ ހިސާބަކަށް އައިސް އެތާނގައި ފޭލިގެ ޖަހައިފިއެވެ. އެކަމަކު އެމީހުން ބޯނެ ފެނެއް އެތާނކު ނެތެވެ.


”⁠އަހަރެންނަކީ މިޞްރުގެ ބިމުގައި ކަލޭމެން އަޅުވެތިވެފައި ވަނިކޮށް އެތަނުން ކަލޭމެން ސަލާމަތް ކޮށްދިން ކަލޭމެންގެ އިލާހު، ’⁠މާތްރަސްކަލާނގެ⁠‘.


މާތްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠ވޮޑިގެންވާ ކަލާނގެއަކީ މިއީ. އިސްރާއީލުގެ މީހުންގެ ގާތު މިހެން ބުނޭ. ’⁠ވޮޑިގެންވާ ކަލާނގެއޭ ކަލޭމެންގެ ގާތަށް ތިމަން ފޮނުވީ.⁠‘⁠“


އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”⁠އިސްރާއީލީންގެ ގާތުގައި ބުނޭ: ’⁠އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.⁠‘


”⁠މާތްރަސްކަލާނގެއަކީ އަހަރެން. އަހަރެން ބުނާށޭ މިބުނި ހުރިހާ ބަސްތަކެއް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ބުނޭ.⁠“


އެހެންވީމާ ބަނީ އިސްރާއީލީންގެ ގާތު ބުނޭ. ’⁠ތިމަންކަލާނގެއަކީ މާތްރަސްކަލާނގެއޭ. ތިމަންކަލާނގެ ކަލޭމެން މިޞްރު މީހުންގެ އަޅުވެތިކަމުގެ ތިޔަ މުސީބާތުން މިންޖު ކުރައްވާނަމޭ. ތިމަންކަލާނގެ ބާރުގަދަ އަތްޕުޅު އުފުއްލަވައި އެމީހުންނަށް ނުކުޅަދާނަ އަހުވަ ދައްކަވާނަމޭ. ތިމަންކަލާނގެ ކަލޭމެން އަނބުރާ މިންޖުކޮށް ދެއްވާނަމޭ.


ތިމަންކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނާ އެކު ޢަހުދު ކަށަވަރު ކުރެއްވި ބިމަށް ކަލޭމެން ގެނެސް ދެއްވާނަމޭ. އެބިން ތިމަންކަލާނގެ ކަލޭމެންނަށް ހިބަކޮށް ދެއްވާނަމޭ. އެހެނީ ތިމަން ކަލާނގެއީ މާތްރަސްކަލާނގެއޭ.⁠‘⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ