Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 6:12 - ކިތާބުލް މުޤައްދަސާ

12 މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”⁠މިއަޅާ ބުނާ އެއްޗެއް މިއަޅާގެ މީހުން ކަމުގައިވާ އިސްރާއީލީން ވެސް ގަބޫލެއް ނުކުރޭ. ވީއިރު މިޞްރު ރަސްގެފާނު އެވާހަކަ އަޑު އައްސަވާނެ ތޯ؟ މިއަޅާއަކީ ވާހަކަ ދައްކަން އެނގޭ މީހެއް ވެސް ނުމެ ނޫން.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 6:12
16 ပူးပေါင်းရင်းမြစ်များ  

ނަމަވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠މިޞްރު ރަސްގެފާނުގެ އަރިހަށް ދިއުމަށް އަޅުގަނޑު މިއީ ކާކުތޯ އަޅުގަނޑު ގޮސް ބަނީއިސްރާއީލުން މިޞްރުން ނެރެން؟⁠“


އަނެއްކާވެސް މޫސާގެފާނު މާތްކަލާނގެއަށް ދެންނެވިއެވެ. ”⁠އަޅުގަނޑު އެމީހުންގެ ގާތަށް ގޮސް އަޅުގަނޑު މިއައީ ކަލޭމެންގެ ކާބަފައިންގެ ވެރި ކަލާނގެ ފޮނުއްވީމައޭ ބުނާއިރަށް އެމީހުން އަހާނެ. ’⁠އެކަލާނގެ ނަންފުޅަކީ ކޮބައިހޭ؟⁠‘ ދެން އަޅުގަނޑު ބުނާނީ ކީކޭތޯ؟⁠“


އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”⁠އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’⁠މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.⁠‘⁠“


ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެ ކިބަފުޅަށް އާދޭސް ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާކޯ! މިއަޅާއަކީ ދޫ ނުފަރިތަ މީހެއް. ކުރިން ވެސް އަދި މިހާރު ވެސް މިއަޅާއަކީ ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައިވާ މީހެއް ނޫން. މިއަޅާއަކީ ދޫކޮށި މީހެއް.⁠“


މާތްރަސްކަލާނގެ މޫސާގެފާނާއި ހާރޫނުގެފާނަށް މިފަދައިން އަމުރުފުޅު ކުރެއްވިއެވެ. ”⁠އިސްރާއީލީންނާއި މިޞްރު ރަސްގެފާނު ގާތު ބުނޭ ’⁠ތިމަންކަލާނގެ މީހުން އެރަށުން ނެރޭށޭ މާތްކަލާނގެ ތިމަންމެނަށް އެންގެވިއޭ.⁠‘⁠“


ނަމަވެސް މޫސާގެފާނު މާތްރަސްކަލާނގެއާ ޒުވާބު ދެންނެވިއެވެ. ”⁠މިއަޅާ މީ ދޫ ނުފަރިތަ މީހެއް. މިއަޅާ ބުނާ އެއްޗެއް ފިރުޢައުނު ރަސްގެފާނު އަޑު އައްސަވާނީ ކިހިނަކުން ތޯ؟⁠“


މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.


އިސްތިފާނު ވާހަކަ ކުރިއަށް ގެންދަވަމުން ވިދާޅުވިއެވެ. ”⁠ކަލޭމެންނަކީ ގޮތް ދޫ ނުކުރާ ޖާހިލު މާތްރަސްކަލާނގެ ކިބަފުޅަށް އީމާން ނުވާ ބައެއް. ކަލޭމެންގެ ކަންފަތްތައް ތިޔަ ވަނީ ބަންދުވެފަ. އެހެން ކަމުން ކަލޭމެންނަކަށް މާތްރަސްކަލާނގެ ބަސްފުޅުގެ އަޑެއް ނީވޭ. ކަލޭމެން އަބަދުވެސް މާތްރަސްކަލާނގެ މާތްރޫޙުފުޅާއި ދެކޮޅުވެރިވޭ. ކަލޭމެންގެ ކާބަފައިން ވެސް ކަން ކުރީ ހަމައެފަދައިން.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ