11 ”ގޮސް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ދަންނަވާ އިސްރާއީލުގެ މީހުން އަވަހަށް މިރަށުން ބޭރަށް ފޮނުވާލަ ދެއްވާށޭ.“
އެހެންވީމާ އަހަރެން ކަލޭ ފޮނުވާނަން މިޞްރު ރަސްގެފާނުގެ ގާތަށް. ކަލޭ ގޮސް އެމީހުން މިޞްރުން ނެރޭ.“
ދެން ކަލޭ ފިރުޢައުނު ގާތު މިހެން ބުނޭ: ’މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ އިސްރާއީލަކީ އަހަރެން ދޮށީ ފިރިހެންދަރިކަލުންނޭ.
އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!‘“
އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.‘“
އިނބަރަސްކަލާނގެ ފޮނުއްވައިގެން މިއަޅާ ފިރުޢައުނުގެ ގާތަށް އައީއްސުރެން އެމީހުންގެ މައްޗަށް އިހުނަށް ވުރެން ބޮޑަށް އަނިޔާވެރިވާން ފަށައިފި. އެ މީހުންނަށް އެހީވުމަށް އިނބަ ރަސްކަލާނގެ ކުރެއްވި ހަމަ އެއްކަމެއް ވެސް ނެތް!“
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ.
”މާތްރަސްކަލާނގެއަކީ އަހަރެން. އަހަރެން ބުނާށޭ މިބުނި ހުރިހާ ބަސްތަކެއް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ބުނޭ.“
މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އަހަރެން ފިރުޢައުނުގެ ކުރިމަތީގައި ކަލެއަކީ އިލާހު ކަމުގައި ހަދާނަން. އަދި ކަލޭގެ ބޭބެ ހާރޫނަކީ ކަލޭގެ ފޮނުވާ ނަބިއްޔާ ކަމަށް ހަދާނަން.