ނެރުއްވުން 6:1 - ކިތާބުލް މުޤައްދަސާ1 ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”އަހަރެން ފިރުޢައުނާ މެދު ކަންތައް ކުރާ ގޮތް ކަލޭ ބަލަން ހުރޭ. އަހަރެންގެ މީހުން ދިޔަ ދިނުމަށް އަހަރެންގެ ގަދަބާރުން އޭނާއަށް މަޖުބޫރު ކުރާނަން. އަސްލު، އަހަރެން އޭނާއަށް މަޖުބޫރު ކުރާނީ އެމީހުން އެ ބިމުން ބޭރުކޮށްލަން.“ အခန်းကိုကြည့်ပါ။ |
އެ ދަންވަރު ފިރުޢައުނު ރަސްގެފާނު މޫސާގެފާނާއި ހާރޫނުގެފާނު ގެންނަވައިފިއެވެ. ”ހަމަ މިހާރު ދޭ!“ ފިރުޢައުނު އަމުރު ކުރެއްވިއެވެ. ”އަހަރެންގެ މީހުންގެ ގާތުން ކަލޭމެން ދޭ. ކަލޭމެންނާއެކު ކަލޭގެ އިސްރާއީލީންގެ އެންމެން ވެސް ގެންދޭ! ކަލޭމެން އެދުނު ފަދައިން ކަލޭމެންގެ މާތްރަސްކަލާނގެއަށް އަޅުކަން ކުރަން ދޭ!
ދެން މޫސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”މިއަދުގެ މަތިން ކަލޭމެން ހަނދާން ކުރޭ. މިއަދަކީ ކަލޭމެން އަޅުވެތިވެފައި ތިބުމަށް ފަހު މިޞްރުން ނުކުތް ދުވަސް. މިއަދަކީ މާތްރަސްކަލާނގެ ކުޅަދުންވަންތަ މަތިވެރި ބާރުފުޅުން ކަލޭމެން އެރަށުން ބޭރުކުރެއްވި ދުވަސް. މިއަދު ކަމީރު ކުރި އެއްވެސް ރޮއްޓެއް ކައިގެން ނުވާނެ.
މިޢީދަކީ އެކަމުގެ ހަނދާން ކަލޭމެންނަށް އާކޮށް ދޭނެ ޢީދެއް. އެއީ ކަލޭމެންގެ އަތާއި ނިތްކުރީގައި ބަނދެފައި ހުންނަ ހަނދާނީފަށް ފަދައިން. މި ދުވަސްތައް މާތްރަސްކަލާނގެ ޤާނޫނު ހަނދުމަ ކޮށްދީ ބުނެދިނުމަށް ކަލޭމެންނަށް އެހީވެދޭނެ: ’މިދުވަހު މާތްރަސްކަލާނގެ ކުޅަދުންވަންތަ އަތްޕުޅުން ކަލޭމެން މިޞްރުން ނެރުއްވި.‘