Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 5:8 - ކިތާބުލް މުޤައްދަސާ

8 އެކަމަކު އެމީހުން މީގެ ކުރިން ވެސް ގާއަޅާ އަދަދަށް ގާ އަޅަން ޖައްސާ. އެންމެ ގަލެއް ވެސް މަދު ވިޔަ ދީގެން ނުވާނެ. އެމީހުން އަހަރެންގެ ގާތަށް އައިސް އެމީހުންގެ އިލާހަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ އެކިޔަނީ އެމީހުން ކުރާނެ މަސައްކަތެއް ނެތިފައި ތިބީމާ!

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 5:8
6 ပူးပေါင်းရင်းမြစ်များ  

އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.


އެކަމަކު ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”⁠ކަލޭމެން ހަމަ ކަންނެތީ! ކަލޭމެންނަކީ ހަމަ ބަރުހެލި ބައިގަނޑެއް! އެހެންވެ، ކަލޭމެން އައިސް މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ ކިޔައިގެން މަގޭ ގާތަށް ތިޔަ އަންނަނީ.


އިސްރާއީލީންގެ ސަރުދާރުންނަށް އެމީހުން ކުރީގައި ވެސް އަޅާވަރަށް ގާ އަޅަން އެންގެވުމުން އެމީހުންނަށް ބޮޑު މުސީބާތެއް ކުރިމަތި ވެއްޖެކަން ވިސްނިއްޖެއެވެ.


”⁠އެކަކަށް ވެސް މީގެ ކުރީގައި ދިންހެން ގާއަޅާ ހުއި ނުދޭތި. އެމީހުން ލައްވާ އެއެއްޗެހި ގެނުވާ!


އެމީހުންނަށް ރަނގަޅަށް މަސައްކަތް ޖައްސާ. އޭރުން އެމީހުންގެ ގާތަށް މިމީހުން އައިސް ދައްކާ ދޮގުވާހަކަތައް އަޑުއަހާކަށް ވަގުތެއް ނޯންނާނެ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ