ނެރުއްވުން 5:4 - ކިތާބުލް މުޤައްދަސާ4 ރަސްގެފާނު އެބޭކަލުންނަށް ވިދާޅުވިއެވެ. ”ކަލޭމެން އެ މީހުންގެ މަސައްކަތަށް ހުރަސް އަޅަނީ ކީއްވެ؟ އެ އެމީހުން މަސައްކަތް ކުރިޔަދީ! အခန်းကိုကြည့်ပါ။ |
އޭގެ އެތައް އަހަރެއްގެ ފަހުން މޫސާގެފާނު ބޮޑުފުޅުވެ އެކަލޭގެފާނުގެ މީހުން ކަމަށްވާ ޢިބްރާނީންނަށް ޒިޔާރަތް ކުރައްވަން ވަޑައިގެންނެވިއެވެ. އޭރު އެމީހުން ލައްވާ މިޞްރު މީހުން ގަދަކަމުން ބުރަ މަސައްކަތް ކުރުވަމުން ގެންދާތަން އެކަލޭގެފާނަށް ފެނިވަޑައިގެންނެވިއެވެ. އަދި މިޞްރު މީހަކު އެކަލޭގެފާނު ބާގައިގެ ޢިބްރާނީ މީހެއްގެ ގައިގައި ތަޅާ އަނިޔާކުރަނިކޮށް ފެނިވަޑައިގަތެވެ.
ދީނީކޯޓުގެ މީހުން އީސާގެފާނާއި ބެހޭގޮތުން ތުހުމަތުތައް ޕިލާތުސްގެ ކުރިމައްޗަށް ހުށައެޅިއެވެ. އެބައިމީހުން ބުންޏެވެ. ”މިމީހާއަކީ މުޅި މިސަރަހައްދުގެ ތެރޭގައި މީސްތަކުން ސަރުކާރާއި ދެކޮޅު ކުރުވުމަށް މަސައްކަތް ކުރަމުން ގެންދާ މީހެއް. މީނާ މީސްތަކުންނަށް ބުނަމުން ގެންދިޔައީ އެބައިމީހުން ކައިސަރު ރަސްގެފާނަށް ޓެކްސް ނުދެއްކުމަށް. އަދި އޭނާއަކީ މަތިވެރި މާތްރަސްކަލާނގެ ޚާއްސަ ކުރައްވާ ފޮނުއްވި އަލްމަސީޙު ކަމުގަ އާއި ބަނީއިސްރާއީލުގެ ރަސްގެފާނު ކަމުގައި ވެސް މީނާ ދަޢުވާ ކުރޭ.“