Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 5:21 - ކިތާބުލް މުޤައްދަސާ

21 އެމީހުން އެ ދެބޭކަލުންނަށް ދެންނެވިއެވެ. ”⁠ކަލޭމެން ދެމީހުން ތިޔަ ކުރިކަންތަކަށް މާތްރަސްކަލާނގެ ކަލޭމެންނަށް އަދަބު ދެއްވާށި. ކަލޭމެންނާ ހެދި އަހަރެމެން މިވަނީ ފިރުޢައުނާއި އަހަރެމެންގެ މައްޗަށް އެރަސްގެފާނު އިސްކުރައްވާފައި ތިބި ވެރިންގެ ކުރިމަތީގައި ކުނި ވަސްދުވާ ބައެއް. ކަލޭމެން ތިޔަ ކުރި ކަމަކުން އަހަރެމެން މަރާލަން އެމީހުންނަށް އުޒުރެއް ލިބިއްޖެ.⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 5:21
19 ပူးပေါင်းရင်းမြစ်များ  

މި ގޮތަށް ދިމާވުމުން ސާރާއީ އަބްރާމްއަށް ވިދާޅުވިއެވެ. ”⁠މި ހުރިހާ ކަމެއްގެ ކުށްވެރިއަކީ ކަލޭގެފާނު. އަހަރެންގެ އަޅު އަންހެން މީހާ އަހަރެން ކަލޭގެފާނަށް ދިނީމު. އެކަމަކު އޭނާ ބަލިވެއިންކަން ގައިމުވުމުން އަހަރެންނާއި މެދު ނަފްރަތު ކުރަން ފަށައިފި. އަހަންނާއި މެދު ކަލޭގެފާނަށް ތިޔަ ކަންތައް ކުރެއްވެނީ ކިހާ އިހާނެތިކޮށް. މިކަމާއި މެދު މާތްރަސްކަލާނގެ ކުރިފުޅުމަތީ ކަލޭގެފާނު ޒިންމާ އުފުއްލަވަން ޖެހޭނެ.⁠“


އަހަރެންގެ ބައްޕަ ނާޙޫރުގެ ކަލާނގެ އަދި ތިބާގެ ކާފަ އިބްރާހީމްގެފާނުގެ ކަލާނގެ މާތްކަލާނގެ އަހަރެމެން ދެމީހުންގެ މެދުގައި އިންސާފު ކުރައްވާނެ.⁠“ އެހެންވެ، ޔަޢުޤޫބުގެފާނު އެކަލޭގެފާނުގެ ބަފައިކަލުން އިސްޙާޤުގެ ފާނު ބިރުފުޅުގަންނަ ކަލާނގެ މާތްކަލާނގެ ނަންފުޅުގައި ޢަހުދުކަށަވަރު ކުރެއްވިއެވެ.


އެއަށް ފަހު ޔަޢުޤޫބުގެފާނު ޝިމްޢޫން އާއި ލާވީއަށް މިފަދައިން ވިދާޅުވިއެވެ. ”⁠ތިޔަ ދެބެއިން ކުރި އަމަލުތަކުގެ ސަބަބުން އަހަރެން މުސީބާތުގެ ތެރެއަށް ވެއްޓިއްޖެ! މިރަށުގައި ދިރިއުޅެމުން ގެންދާ މީހުން ކަމުގައިވާ ކަންޢާނުންނާއި ފިރިއްޒީނުގެ ދަރިކޮޅުގެ އަހުލުވެރިން އަހަރެންދެކެ ނަފްރަތުކުރާނެ. އަހަރެމެންގެ މީސްތަކުންގެ އަދަދު އެމީހުންނަށް ވުރެން މާމަދު. އެދެބައިމީހުން ގުޅިގެން އައިސް އަހަރެމެންނަށް ޙަމަލާދީ އަހަރެންގެ އާއިލާގެ ހުރިހާ އެންމެން ނެތިކޮށްލާފާނެ.⁠“


ޢައްމޫނީންނަށް ދާއޫދުގެފާނު އެމީހުންނާ ދެކޮޅުވެރި ވެއްޖެކަން އެނގިއްޖެއެވެ. އެހެންކަމުން އެމީހުން ބައިތު ރުހޫބާއި ޒޫބާއިން އަރާމީންގެ މީހުން ކުއްޔަށް ހިފައިފިއެވެ. އަރާމީންގެ ބިންމަތީ ސިފައިންގެ ވިހިހާސް ތިއްބެވެ. އަދި ޢައްމޫނީން މައަކާގެ ރަސްގެފާނުގެ އެއްހާސް ސިފައިން ވެސް ކުއްޔަށް ހިފައިފިއެވެ. އޭގެ އިތުރުން ޠޫބުގެ ބާރަހާސް މީހުން ވެސް އެމީހުން ކުލިދޭގޮތަށް ގެނަސްފިއެވެ.


އަދި އެމީހުން މޫސާގެފާނާ ޝަކުވާކުރިއެވެ. ”⁠މި ސަހަރާތެރޭގައި އަހަރެމެން މަރާލަން އަހަރެމެން ގެނައީ ކީއްކުރަންތަ؟ އަހަރެމެން މަރުވީމާ ވަޅުލާނެ ބިން މިޞްރުގައި ނެތީތަ؟ ކޮންމެހެން އަހަރެމެން މިތަނަށް ގެންނަން ޖެހޭތަ؟ ކަލޭ އަހަރެމެން މިޞްރުން ނެރުނީ ކީއްވެ؟


ދެން އެމީހުން އެކަމާ ބެހޭގޮތުން މޫސާގެފާނަށް ޝަކުވާ ދެންނެވިއެވެ. ”⁠އަހަރެމެން ބޯނީ ކޮން އެއްޗެއް؟⁠“


އެތަނުގައި ވެސް އިސްރާއީލު ޖަމާޢަތުގެ އެންމެން ގޮސް މޫސާގެފާނާއި ހާރޫނުގެފާނަށް ޝަކުވާ ދެންނެވިއެވެ.


ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.


އެމީހުން ފިރުޢައުނުގެ ދަރުބާރުން ނުކުތް އިރު މޫސާގެފާނާއި ހާރޫނުގެފާނާއި އެމީހުންގެ އިންތިޒާރުގައި ތިއްބަވަނިކޮށް އެމީހުންނާ ދިމާވިއެވެ.


މޫސާގެފާނު އިސްރާއީލީންގެ ގާތު މާތްރަސްކަލާނގެ ވަޙީ ކުރެއްވި މި ބަސްފުޅުތައް ވިދާޅުވެ ދެއްވިއެވެ. އެކަމަކު އެމީހުން އެ ބަސްފުޅުތަކެއް އަޑެއް ނޭހިއެވެ. އެހެނީ އެމީހުން ވަނީ އަނިޔާވެރި ކަމުގެ ތެރޭގައި އަޅުންގެ ގޮތުގައި ޖެހުމުގެ ސަބަބުން ރޫޙާނީގޮތުން ބަލިކަށިވެފައެވެ.


އެމީހުން ގޮވަމުން ދިޔައެވެ. ”⁠ޝާއުލްގެފާނު ފިލިސްޠީނުންގެ މަރުކަޒަކަށް ހަމަލަ ދެއްވައި އެމީހުން ބަލިކުރައްވައިފި. އެހެންވެ ފިލިސްޠީނު މީހުން ވަނީ އިސްރާއީލީން ދެކެ ރުޅި އަރައިގެންފައި.⁠“ މި އަޑު ޢިބްރާނީން ވެސް އަހައިފިއެވެ. ދެން އެ އެންމެން ޝާއުލްގެފާނުގެ ގާތަށް ޖިލްޖާލަށް ޖަމާ ވެއްޖެއެވެ.


އަޚީޝް ރަސްގެފާނު ދާއޫދު ބުނާ އެއްޗެއް ގަބޫލު ކުރައްވަ އެވެ. ރަސްގެފާނު ހީ ކުރައްވަނީ އިސްރާއީލީން ދާއޫދު ދެކެ ވަރަށް ރުޅި އަންނާނެ ކަމަށެވެ. އެހެންކަމުން އެރަސްގެފާނުގެ ޚިދުމަތުގައި ތާއަބަދަށް ދާއޫދު އުޅެން ރަސްގެފާނު ބޭނުންފުޅު ވެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ