2 ފިރުޢައުނު ވިދާޅުވިއެވެ. ”ތިޔަ ބުނާ މާތްރަސްކަލާނގެ އަކީ ކާކުތަ؟ ތިޔައަކީ އަހަރެން ދަންނަ ކަލެއް ނޫން. އަހަރެން ތިޔަ ކަލަކު ބުނާގޮތެއް ހަދަންވީ ކީއްވެ؟ އަހަރެން އެމީހުން ދިޔަކަ ނުދޭނަން!“
އެކަމަކު މިޞްރުގެ ރަސްގެފާނު ކަލޭމެން ދިއުމަށް ހުއްދަ ނުދޭނެކަން އަހަރެންނަށް އެނގޭ. އޭނާއަށް މަޖުބޫރުވެގެން ނޫނީ އެމީހުން ދާކަށް ދުލެއް ނުކުރާނެ.
އެހެންވެ މާތްރަސްކަލާނގެ މިހެން ވަޙީކުރެއްވިއޭ: ’ތިމަންކަލާނގެއަކީ މާތްރަސްކަލާނގެކަން ކަލެއަށް ދައްކައި ދޭނަމޭ. ބަލަންހުންނާށޭ! ތިމަންގެ އަތުގައި މިއޮތް އަސާއިން ނީލަކޯރުގެ ފެންގަނޑުގައި ޖަހާލުމުން މި ކޯރުގެ ފެންގަނޑު ލެޔަށް ވާނެއޭ.
މިއަޅާ މުއްސަނދި ވެއްޖެނަމަ މިއަޅާ އިނބަރަސްކަލާނގެއަށް އިންކާރުކުރެވި މިހެން ބުނެވިދާނެއެވެ. ”މާތްރަސްކަލާނގެއަކީ ކާކުހެއްޔެވެ؟“ މިއަޅާ ފަގީރު ވެއްޖެނަމަ މިއަޅާއަށް ވައްކަން ކުރެވިދާނެއެވެ. އޭރުން އިނބަރަސްކަލާނގެ މާތް ނަންފުޅަށް ހުތުރު އެރުވުނީއެވެ.
އެއީ އެމީހުންނަށް ބައްޕާފުޅެއް ވެސް އަދި އަހަންނެއް ވެސް ނޭނގޭތީ.
އެދުވަހު މާތްރަސްކަލާނގެއާއި ގުޅުން ބޭއްވުމަށް ދެކޮޅުވެރިވީ ކޮންމެ ފަރާތަކަށްމެ، އަހަރެމެންގެ މާތްސާހިބާ އީސާގެފާނު އަނދަމުން ދާ ގަދަފަދަ އަލިފާނުން ޢުޤޫބާތް ދެއްވާނެއެވެ. އަދި އެކަލޭގެފާނު ދެއްވި ހެޔޮޚަބަރުފުޅަށް ކިޔަމަންތެރިކަން އަދާނުކުރާ ފަރާތްތަކަށް ވެސްމެއެވެ.
ޢާލީގެ ދަރިންނަކީ މާތްރަސްކަލާނގެ އަށް ޙުރުމަތެއް ނުބަހައްޓާ ވިޔާނުދާ ބައެކެވެ.
ނާބާލް ޖަވާބު ދިނެވެ. ”ދާއޫދުއޭ ތަ؟ ތިޔަ ޔައްސާގެ ދަރިއަކީ ތީ ދެން ކާކުތަ؟ މިރަށުގައި މިހާރަކަށް އައިސް ތިހެން ފިލައިގެން އުޅޭ ލައްކަ ގިނަ އަޅުންތައް އެބަ އުޅޭ!