16 އަޅުގަނޑުމެންނަކަށް ހުއި ދަނޑިއެއް ނުދެއްވާ. އެކަމަކު އަޅުންގެ ސާހިބުން އައިސް އަޅުގަނޑުމެންގެ ގައިގައި އެބަ ތަޅާ! ގާތައް މަދުވަނީ މަނިކުފާނުގެ މީހުންގެ ގޯހުން.“
އެމީހުން އެކަކު އަނެކަކަށް ބުންޏެވެ. ”ދެން ހިނގާ ނިކަންވަރުގަދަކޮށް ގާ އަޅަން.“ ދެން އެމީހުން އެގާތައް ތަތްކުރަން ތާރު ހޯދިއެވެ.
އެހެންވެ އިސްރާއީލީންގެ ސަރުދާރުން ފިރުޢައުނު ރަސްގެފާނުގެ ފައިންޕުޅުދެކެ ޝަކުވާ ދެންނެވިއެވެ. ”އިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުމެންނާ މެދު މި ގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟
އެކަމަކު ފިރުޢައުނު ކޯފާވެފައި ވިދާޅުވިއެވެ. ”ކަލޭމެން ހަމަ ކަންނެތީ! ކަލޭމެންނަކީ ހަމަ ބަރުހެލި ބައިގަނޑެއް! އެހެންވެ، ކަލޭމެން އައިސް މާތްރަސްކަލާނގެއަށް ޤުރުބާނީ ވެދުން ކުރަން ފޮނުވައިދޭށޭ ކިޔައިގެން މަގޭ ގާތަށް ތިޔަ އަންނަނީ.