15 އެހެންވެ އިސްރާއީލީންގެ ސަރުދާރުން ފިރުޢައުނު ރަސްގެފާނުގެ ފައިންޕުޅުދެކެ ޝަކުވާ ދެންނެވިއެވެ. ”އިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުމެންނާ މެދު މި ގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟
އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.
އަދި ބަނީއިސްރާއީލު މީހުންގެ ތެރެއިން ސަރުދާރުންނަށް ލާފައި ތިބި މީހުން ގައިގައި އަޅުންގެ ސާހިބުން ހަންމުށިން ތަޅަމުން ދިޔައެވެ. އެމީހުން ބުނަމުން ދިޔައެވެ. ”ކަލޭމެންގެ މީހުން މީގެކުރީގައި ގާ އަޅާވަރަށް މިއަދު ގާ ނޭޅީ ކީއްވެތަ؟“
އަޅުގަނޑުމެންނަކަށް ހުއި ދަނޑިއެއް ނުދެއްވާ. އެކަމަކު އަޅުންގެ ސާހިބުން އައިސް އަޅުގަނޑުމެންގެ ގައިގައި އެބަ ތަޅާ! ގާތައް މަދުވަނީ މަނިކުފާނުގެ މީހުންގެ ގޯހުން.“