Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 5:14 - ކިތާބުލް މުޤައްދަސާ

14 އަދި ބަނީއިސްރާއީލު މީހުންގެ ތެރެއިން ސަރުދާރުންނަށް ލާފައި ތިބި މީހުން ގައިގައި އަޅުންގެ ސާހިބުން ހަންމުށިން ތަޅަމުން ދިޔައެވެ. އެމީހުން ބުނަމުން ދިޔައެވެ. ”⁠ކަލޭމެންގެ މީހުން މީގެކުރީގައި ގާ އަޅާވަރަށް މިއަދު ގާ ނޭޅީ ކީއްވެތަ؟⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 5:14
5 ပူးပေါင်းရင်းမြစ်များ  

މިޞްރު މީހުން އެމީހުން ލައްވައި ގާއަޅުވައި އުވަ ގައްޓުވައި ދަނޑުތަކުގައި އެކިބާވަތުގެ މަސައްކަތް ކުރުވައި އެމީހުންނަށް ދުއްތުރާ ކުރަން ފަށައިފިއެވެ. މި ގޮތަށް އެމީހުން ލައްވާ މަސައްކަތް ކުރުވާއިރު އެމީހުންނާ މެދު މިޞްރު މީހުން ކުޑަވެސް ރަޙުމެއް ނުބަހައްޓައެވެ.


އަޅުންގެ ސާހިބުން އެމީހުން ލައްވައި ގަދަ ކަމުން ގާއަޅުވަމުން ގެންދިޔައެވެ. އަދި ހުއިދަނޑި ދީގެން އެމީހުން ގާއަޅަމުން ދިޔަ އަދަދަށް އެމީހުން ލައްވާ ގާ އަޅުވަން މަޖުބޫރު ކުރަން ފަށައިފިއެވެ.


އެހެންވެ އިސްރާއީލީންގެ ސަރުދާރުން ފިރުޢައުނު ރަސްގެފާނުގެ ފައިންޕުޅުދެކެ ޝަކުވާ ދެންނެވިއެވެ. ”⁠އިއްޒަތްތެރި ރަސްގެފާނު އަޅުގަނޑުމެންނާ މެދު މި ގޮތަށް ކަންތައް ކުރައްވަނީ ކީއްވެތޯ؟


އެދުވަހު އަޅުންގެ ސާހިބުންނަށާއި އިސްރާއީލުގެ ސަރުދާރުންނަށް ފިރުޢައުނު އެންގެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ