13 އަޅުންގެ ސާހިބުން އެމީހުން ލައްވައި ގަދަ ކަމުން ގާއަޅުވަމުން ގެންދިޔައެވެ. އަދި ހުއިދަނޑި ދީގެން އެމީހުން ގާއަޅަމުން ދިޔަ އަދަދަށް އެމީހުން ލައްވާ ގާ އަޅުވަން މަޖުބޫރު ކުރަން ފަށައިފިއެވެ.
އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.
ކަލޭމެން ހޯދާނެ ގޮތަކަށް ހޯދާނެ ތަނަކުން ހުއި ދަނޑި ހޯދާށޭ. އެކަމަކު ކަލޭމެން ކުރީގައި ގާއަޅާ އަދަދަށް ގާ އަޅަން ޖެހޭނެއޭ.‘“
އެހެންވެ އެމީހުން ހުއިދަނޑި ހޯދަން މިޞްރުގެ އެތަން މިތަނަށް ފެތުރިގެންފިއެވެ.
އަދި ބަނީއިސްރާއީލު މީހުންގެ ތެރެއިން ސަރުދާރުންނަށް ލާފައި ތިބި މީހުން ގައިގައި އަޅުންގެ ސާހިބުން ހަންމުށިން ތަޅަމުން ދިޔައެވެ. އެމީހުން ބުނަމުން ދިޔައެވެ. ”ކަލޭމެންގެ މީހުން މީގެކުރީގައި ގާ އަޅާވަރަށް މިއަދު ގާ ނޭޅީ ކީއްވެތަ؟“
އެދުވަހު އަޅުންގެ ސާހިބުންނަށާއި އިސްރާއީލުގެ ސަރުދާރުންނަށް ފިރުޢައުނު އެންގެވިއެވެ.