10 އެހެންވެ އަޅުންގެ ސާހިބުންނާއި ސަރުދާރުން ގޮސް އެމީހުންގެ ގާތު ބުނެފިއެވެ. ”މީ ފިރުޢައުނުގެ އަމުރުފުޅު: ’ތިމަންރަސްގެފާނު ކަލޭމެންނަކަށް ހުއިދަނޑިއެއް ނުދެއްވާނަމޭ.
އެހެންވެ މިޞްރު މީހުން އެމީހުންގެ ދިރިއުޅުން ދަތި ކުރުމަށްޓަކައި އަޅުވެތި ކޮށްފިއެވެ. އަދި އެމީހުންގެ މައްޗަށް އަމުރުކުރަން ހަރުކަށި ވެރިން ލައިފިއެވެ. އެމީހުން ލައްވާ ބުރަ މަސައްކަތް ކުރުވައި ޕިތޫމް އާއި ރަޢަމްސީސްގެ ރަށްތައް ރަސްގެފާނުގެ ގުދަން ތަކެއްގެ ގޮތުގައި ބިނާ ކުރުވައިފިއެވެ.
މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.
ކަލޭމެން ހޯދާނެ ގޮތަކަށް ހޯދާނެ ތަނަކުން ހުއި ދަނޑި ހޯދާށޭ. އެކަމަކު ކަލޭމެން ކުރީގައި ގާއަޅާ އަދަދަށް ގާ އަޅަން ޖެހޭނެއޭ.‘“
އެދުވަހު އަޅުންގެ ސާހިބުންނަށާއި އިސްރާއީލުގެ ސަރުދާރުންނަށް ފިރުޢައުނު އެންގެވިއެވެ.
އެމީހުންނަށް ރަނގަޅަށް މަސައްކަތް ޖައްސާ. އޭރުން އެމީހުންގެ ގާތަށް މިމީހުން އައިސް ދައްކާ ދޮގުވާހަކަތައް އަޑުއަހާކަށް ވަގުތެއް ނޯންނާނެ.“
ވެރިޔަކު ދޮގުވެރިން ބުނާބަސް އަޑުއަހާނަމަ އޭނާގެ މުޝީރުން ވާނީ ނުބައި މީހުންނަށެވެ.