Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 40:38 - ކިތާބުލް މުޤައްދަސާ

38 ދުވާލުގެ ވަގުތުގައި މާތްރަސްކަލާނގެ ފޮނުއްވި މިވިލާގަނޑު ފޭލިގެމަތީ ބުރުއަޅަމުން ދެއެވެ. ރޭގަނޑު ވިލާގަނޑުގެ ތެރޭގައި އަލިފާން ރޯވެފައި ހުރެއެވެ. މިތަން ބަނީ އިސްރާއީލުގެ ހުރިހާ އާއިލާތަކަށް ފެންނަން ހުރެއެވެ. އެމީހުން ކުރި ދަތުރު ނިމެންދެން ވެސް މިކަންތައް މިގޮތުގައި ހިނގަމުން ދިޔައެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 40:38
10 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އިސްރާއީލުގެ މީހުން މިޞްރުން ނެރުއްވީއްސުރެން ވެސް ތިމަންކަލާނގެ ގެއެއްގައި ވޮޑިގެންފައެއް ނުވާނެޔޭ. ތިމަންކަލާނގެ ވޮޑިގެންފައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރި ފޭލިގެއެއްގައޭ.


މާތްރަސްކަލާނގެ އެމީހުންގެ ކުރީގައި ވޮޑިގެންވިއެވެ. ދުވާލުގެ ވަގުތުގައި އެމީހުންނަށް އެކަލާނގެ މަގު ދެއްކެވީ ވިލާގެ ތަނބަކުންނެވެ. ރޭގަނޑުގެ ވަގުތުގައި މަގު ދެއްކެވީ އަލިފާނުގެ ތަނބަކުންނެވެ. މިގޮތުން އެމީހުންނަށް ރެއާއި ދުވާލު ދަތުރު ކުރެވޭނެ މަގު ތަނަވަސް ކޮށްދެއްވިއެވެ.


އެމީހުންގެ ކުރިމަތީގައި ހުރި ވިލާގެ ތަނބާއި އަލިފާނުގެ ތަނބު އެކަލާނގެ އެހުރިހާ އިރަކު އެމީހުންގެ ކުރިމަތީގައި އެގޮތުގައި ބެހެއްޓެވިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ