Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 40:34 - ކިތާބުލް މުޤައްދަސާ

34 އެވަގުތު ވިލާގަނޑު އައިސް ފޭލިގެކޮޅުގެ މައްޗަށް ފެތުރިއްޖެއެވެ. އަދި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ނޫރުފުޅުން އެ ފޭލިގެކޮޅު ދިއްލި ފުރިގެން އަތުވެއްޖެއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 40:34
28 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އިސްރާއީލުގެ މީހުން މިޞްރުން ނެރުއްވީއްސުރެން ވެސް ތިމަންކަލާނގެ ގެއެއްގައި ވޮޑިގެންފައެއް ނުވާނެޔޭ. ތިމަންކަލާނގެ ވޮޑިގެންފައި ވަނީ އެއްތަނުން އަނެއްތަނަށް ދަތުރު ކުރި ފޭލިގެއެއްގައޭ.


ފަތިސްދަމަށް އެޅުނުތަނާ މާތްރަސްކަލާނގެ އަލިފާނާއި ވިލާގެ ތަނބުގެ ތެރޭން މިޞްރު މީހުންގެ މައްޗަށް ބައްލަވާ ވޮޑިގެން އެމީހުންގެ ލަޝްކަރު އޮޅުން ބޮޅުންވާނެހެން ހައްދަވައިފިއެވެ.


ހާރޫނުގެފާނު އިސްރާއީލީންގެ ޖަމާޢަތުގެ މީހުންނާ ވާހަކަ ދައްކަވަން ހުންނަވަނިކޮށް ސަހަރާގެ ތެރެއަށް އެމީހުން ބަލާލިއިރު ވިލާގަނޑެއްގެ ސިފައިގައި މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުގެ މަތިވެރިކަން ފެނިގެން ދިޔައެވެ.


އިސްރާއީލީން ލައްވާ ތިމަން ކަލާނގެ އެމީހުންގެ ގާތު އުޅުއްވުމަށް ކަމުދާ ކަހަލަ މާތް ގެކޮޅެއް ތައްޔާރު ކުރުވާ.


އެތަނުގައި އަހަރެން އިސްރާއީލީންގެ މީހުންނާ ބައްދަލު ކުރާނަން. އެއީ އަހަރެންނަށް ޚާއްސަ ކުރެވި ކަރާމާތްތެރި ވެގެންވާ ޖަލާލަތުގެ މަޤާމު.


މޫސާގެފާނު އެތެރެއަށް ވެދެ ވަޑައިގަތުމުން ވިލާގެ ތަނބު ތިރިޔަށް އައިސް ފޭލިގެކޮޅުގެ ދޮރުމަތީގައި ހުރެއެވެ. އަދި މާތްރަސްކަލާނގެ އެ ތަނބުގެ ތެރޭން މޫސާގެފާނަށް ބަސްފުޅު ވަޙީކުރައްވައެވެ.


އިސާހިތަކު މާތްރަސްކަލާނގެ ޖަލާލަތުވަންތަ ކަމުންނާއި އެކަލާނގެ ބާރުފުޅުން ފޮނުއްވި ދުންތަކުން އެ ގެކޮޅު ފުރިގެން ވިއެވެ. މާތްރަސްކަލާނގެ އެ ހަތް މަލާއިކަތުންގެ އަތްޕުޅުގައި ވީ ހަތް މުސީބާތް ފޮނުއްވައި ނިމެންދެން އެއްވެސް މީހަކަށް މާތްކަލާނގެ ގެކޮޅުގެ ތެރެއަށް ނުވަދެވުނެވެ.


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ