Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 40:31 - ކިތާބުލް މުޤައްދަސާ

31 މޫސާގެފާނާއި ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންތައް އެ ފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައިފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 40:31
8 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު އިމާމުން އަތްފައި ދޮވުމަށް ހުރި ބިލިގާ ގެންދަވައި ޤުރުބާނީ އައްޓާއި ފޭލިގެކޮޅާ ދެމެދު ބަހައްޓަވައި އެއަށް ފެން އަޅުއްވައިފިއެވެ.


އެބޭކަލުން ފޭލިގެކޮޅުތެރަށް ނުވަތަ އަށިކޮޅާ ކައިރިއަށް ވަޑައިގަންނަވާ ކޮންމެ ފަހަރަކު އެފެނުން އަތްޕުޅާއި ފައިންޕުޅު ދޮންނަވައެވެ. އެއީ މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.


އީސާގެފާނު ވިދާޅުވިއެވެ. ”⁠ރަނގަޅަށް ފެންވަރައިގެން ހުރި މީހަކު ސާފުވުމަށް ފައިތިލަ ފިޔަވާ އެހެން ތަނެއް ދޮންނާކަށް ނުޖެހޭ. ކަލޭމެން ތިޔަވަނީ އެފަދައިން ސާފުވެފައި. ނަމަވެސް ކަލޭމެން އެންމެން ވަނީ އެފަދައަކުންނެއް ނޫން.⁠“


މާތްރަސްކަލާނގެ އެކަލާނގެ އަލިކަމުގެ ތެރޭގައި ވޮޑިގެންވާ ފަދައިން އަހަރެމެން ވެސް އެ އަލިކަމުގެ ތެރޭގައިވާނަމަ އަހަރެމެން އެކަކު އަނެކަކާއެކު އެއްބައިވަންތަ ގުޅުމެއް އޮންނާނެއެވެ. އަދި މާތްރަސްކަލާނގެ ދަރިކަލުން، އީސާގެފާނުގެ ލޭފޮދުން އަހަރެމެންގެ ފާފަތައް ސާފުތާހިރު ކޮށް ދެއްވާނެއެވެ.


ނަމަވެސް އަހަރެމެންގެ ފާފަތަކަށް އިޢުތިރާފު ވުމުން އެކަލާނގެ އަހަރެމެންގެ ފާފަތައް އަފޫ ކުރައްވައި އަހަރެމެންގެ ކުށްފާފަތައް ފިއްލަވައި ދެއްވާނެއެވެ. އެހެނީ އެކަލާނގެއަކީ އިތުބާރު ކުރެވޭ އަދުލުވަންތަ ކަލާނގެއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ