28 އޭގެ ފަހުން ފޭލިގެކޮޅުގެ ކުރިމަތީގައި ދަމާ ފަރުދާ ވެސް އެކަލޭގެފާނު ދަންމަވައިފިއެވެ.
މާތްރަސްކަލާނގެ އެންގެވި ފަދައިން އެތަނުގައި މީރު ވަސްދުވާ ތަކެތި އަންދަވައި ދުން އެޅުއްވިއެވެ.
އަދި ޤުރުބާނީ އަންދާ އަށިވެސް ފޭލިގެކޮޅު ކުރިމަތީގައި ބަހައްޓަވައިފިއެވެ. އެތަނުގައި އެކަލޭގެފާނު ޤުރުބާނީއެއް އަންދަވައި ގޮދަން ވެދުން ކުރެއްވިއެވެ. އެއީ ވެސް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.
ދެން ދުންއަޅާ ރަންއަށި ގެނެސް ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ ބަހައްޓާ. އަދި ވަންނަ ދޮރު ކުރިމަތީ ފަރުދާ ދަމާ.
އަހަރެން މިއީ ދޮރު. އަހަރެން މެދުވެރިކޮށް ވަންނަ މީހުންނަށް ދިންނެވުން ލިބޭނެ. އަދި އެމީހުން ކޮންމެ ތާނކަށް ދިޔަ ނަމަވެސް އެތަނުގައި އެމީހުންނަށްޓަކައި ފެހިވިނައިގެ ދަނޑުތައް ފެންނާނެ.
އީސާގެފާނު އޭނާއަށް ވިދާޅުވިއެވެ. ”އަހަރެން މިއީ މަގު، އަހަރެން މިއީ ތެދު، އަހަރެން މިއީ ދިރިހުރުން. އެއްވެސް މީހަކަށް އަހަރެން މެދުވެރިކޮށް ނޫން އެހެން ގޮތަކަށް ބައްޕާފުޅުގެ އަރިހަކަށް ނުދެވޭނެ.
އެއީ އަލްމަސީޙު މެދުވެރި ކުރައްވައި އަހަރެމެން ހުރިހާ އެންމެންނަށް، ބަނީއިސްރާއީލުގެ ދަރިކޮޅު ނޫން ފަރާތްތަކާއި އަދި ބަނީއިސްރާއީލުގެ ދަރިކޮޅަށް އެއް ރޫޙުފުޅެއްގައި ބައްޕާފުޅުގެ ޙަޟްރަތަށް ވާސިލުވުމުގެ ކުޅަދާނަކަން ލިބިދިނުމަށް ވެސް މެއެވެ.