23 އަދި މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހަޅާ ބޯރޮށިތައް ގެންދަވައި އެކަލާނގެ އެންގެވި ފަދައިން އެތަކެތި ބެހެއްޓެވިއެވެ.
އަދި ޢަހުދުނާމާ ފޮށިކޮޅުގެ ކުރިމަތީ މޭޒުމަތީގައި ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް އަބަދުވެސް ބަހައްޓާ. އެއީ އަހަންނަށް ޚާއްސަކުރެވޭ އެއްޗެއް.“
އޭގެ ފަހުން ބައްތިކޮޅު ގެންދަވައި މޭޒުކޮޅުގެ އަނެއްފަރާތުގައި ފޭލިގެކޮޅުގެ ދެކުނު ފަރާތުގައި ބެހެއްޓެވިއެވެ.
ދެން މޭޒުކޮޅު ގެނެސް ތަށި ކަންވާރު އަތުރައި، ބައްތިކޮޅުތައް ވެސް އެ ހަރު ކުރަމަށް ހެދުނު ހަރުގަނޑުގައި ބަހައްޓާ.
ދާއޫދުގެފާނު މާތްރަސްކަލާނގެ މުޤައްދަސް ފޭލިގެކޮޅަށް ވަދެ ވަޑައިގެންނެވި. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އެކުވެރިން މާތްރަސްކަލާނގެ ކިބަފުޅަށް ހުށަހެޅުއްވުމަށްޓަކައި ބަހައްޓާފައި ހުރި މުޤައްދަސް ބޯރޮށި ފަރީއްކުޅުއްވި. މި ބޯރޮއްޓަކީ އިމާމުން ފިޔަވައި އެހެން މީހަކު ކެއުން މަނާ އެއްޗެއް.
އެކަމަށް ފޭލިގެކޮޅެއް ބިނާ ކުރެވުނެވެ. އެ ފޭލިގެކޮޅުގެ ފުރަތަމަ ބަޔަކީ މާތް މަޤާމުފުޅެވެ. އެތާ ހުރީ ބައްތިއަކާއި މޭޒަކާއެވެ. އެއީ ޙަޟްރަތަށް ހުށަހަޅާ ރޮށި ބަހައްޓާ ތަނެވެ.