ނެރުއްވުން 40:18 - ކިތާބުލް މުޤައްދަސާ18 މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ. အခန်းကိုကြည့်ပါ။ |
މާތްރަސްކަލާނގެ ބަސްފުޅު އިންސާނަކަށް ވިއެވެ. އަދި އެބަސްފުޅު، ނުވަތަ އެކަލޭގެފާނު އަހަރެމެންގެ ތެރޭގައި އުޅުއްވަން ވަޑައިގަތެވެ. އެކަލޭގެފާނަކީ ނިހާޔަތަށް ވަފާތެރި ހަންހާރަވެތި ބޭކަލެކެވެ. އަހަރެމެންނަށް ވަނީ އެކަލޭގެފާނުގެ ޖަލާލަތުކަން ފެނިފައެވެ. އެ ޖަލާލަތުކަމަކީ މާތްރަސްކަލާނގެ، އެކަލާނގެ ޚާއްސަ ކުރެއްވި ހަމައެކަނި ފަރާތަށް ދެއްވާ އެކަލާނގެ ޖަލާލަތު ކަމެވެ.
އެހެންވީމާ، ހިނދުކޮޅެއްގެ ވަގުތު ކޮޅަކަށް ނަމަވެސް ތިބާއާއި ބައްދުލުވުން ލަސްވިކަމުގައި ވިޔަސް މާތްރަސްކަލާނގެ ދަރުބާރުތަކުގައި މީސްތަކުން ތަރުބިއްޔަތު ކުރާނޭ ގޮތް ތިބާއަށް އަންގައި ދިނުމަށްޓަކައެވެ. އެ ދަރުބާރަކީ ދިރިދެމިވޮޑިގެންވާ ކަލާނގެ ކަނީސާއެވެ. އެއީ ޙައްޤުތެދުގެ ބިންގަލާއި ތަނބު ވެސް މެއެވެ.
ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.