17 މިގޮތުން ދެވަނަ އަހަރު ފުރަތަމަ މަހު ފުރަތަމަ ދުވަހު ފޭލިގެކޮޅު ބަހައްޓައި ނިންމާ ލެވިއްޖެއެވެ.
”މިހާރުން ފެށިގެން ކަލޭމެން އަހަރުގެ ފުރަތަމަ މަސް ކަމަށް ހަދަން ޖެހޭނީ މި މަސް.
އެހުރިހާކަމެއް މާތްރަސްކަލާނގެ އެންގެވި ފަދައިން މޫސާގެފާނު ކުރެއްވިއެވެ.
މޫސާގެފާނު އެފޭލިގެކޮޅު ޖެއްސެވުމަށް ފުރަތަމަ ކުރެއްވި ކަމަކީ އޮނިގަނޑުތައް ބަހައްޓަން ހަދާފައިވާ ބުޑުތައް ބެހެއްޓެވީއެވެ. ދެން އޮނިގަނޑުތައް އެ ބުޑުތަކުގައި ހަރުކުރެއްވީއެވެ. އޭގެ ފަހުން ހުރަސް ދަނޑިތަށް އެފުރޭމުގައިވާ ބޮޅުތަކުގެ ތެރެއަށް ލައްވާ ތަނބުތައް ކޮއްޅަށް ޖެއްސެވީއެވެ.