Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 40:13 - ކިތާބުލް މުޤައްދަސާ

13 ދެން ހާރޫނު ހައިބަވެތި ހެދުންކޮޅު ލައްވައި އަހަރެންގެ އިމާމެއްގެ މަޤާމަށް އިސްކުރުމަށް އޭނާ ގައިގައި ތެޔޮ އުނގުޅައި ކަރާމާތްތެރި ކުރޭ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 40:13
13 ပူးပေါင်းရင်းမြစ်များ  

ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ވެސް މި ހެދުންއަޅުވާ. އަދި އެމީހުން ޚާއްސަ ކުރުމަށް ޒައިތޫނިތެޔޮ އެޅުމުގެ ރަސްމިއްޔާތު ބާއްވާ. އެގޮތުން އެމީހުންނަކީ އިމާމުންގެ ގޮތުގައި އަހަންނަށް ޚިދުމަތް ކުރެވޭ ފަދަ މާތް ހައިބަވެތި ބަޔަކަށް ހަދާ.


ދެން އޭނާގެ ބޮލަށް ޒައިތޫނި ތެޔޮ އަޅައި އެކަމަށް އައްޔަން ކުރޭ.


އޭގެ ފަހުން އޭނާގެ ދަރިން ގެނެސް އެމީހުން ވެސް ގަމީސް ލައްވާ.


އެމީހުންގެ ޙައްޤުގައި އަޅުގަނޑު އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަންނަން. އެއީ އެމީހުން ވެސް ޙަޤީޤީ މާނައިގައި އިނބަރަސްކަލާނގެ ކިބަފުޅަށް ޚާއްސަ ވެގަތުމަށްޓަކައި.⁠“


އެހެނީ އެކަލޭގެފާނު ފޮނުއްވެވީ މާތްރަސްކަލާނގެ. އެކަލޭގެފާނުގެ ބަސްފުޅުތަކަކީ އެކަލާނގެ ބަސްފުޅު. އެއީ މާތްރަސްކަލާނގެ މާތްރޫޙުފުޅު އެކަލޭގެފާނުގެ ކިބައިގައި ވަކި ވަގުތެއް ވަކި މިންވަރެއް ނެތި ވާތީ.


އީސާގެފާނު މާތްރަސްކަލާނގެ ރުހިވޮޑިގެންނެވި ފަދައިން ކަންތައް ކުރެއްވުމުގެ ސަބަބުން އަހަރެމެން އެންމެން މިވަނީ ސާފުވެ މުޤައްދަސް ވެފައެވެ. އެއީ އެކަލޭގެފާނުގެ ހަށިކޮޅު އެންމެ ފަހަރަކު ޤުރުބާން ކުރެއްވުމުން އިތުރު ޤުރުބާނީއެއް ވެދުން ކުރަން ނުޖެހޭނެތީއެވެ.


އެކަމަކު މާތްރަސްކަލާނގެ ދަރިކަލުންގެ ޤަދަރު ކުޑަކޮށް އެކަލޭގެފާނުގެ ލޭފޮދުގެ އަގު ވައްޓާލާ މީހާ އެ ކުރަނީ އަދި މާ ނުބައި ކަމެކެވެ. އެހެނީ އެކަލޭގެފާނުގެ ލޭފޮދު އޮހޮރުވިފައި އެވަނީ އަހަރެމެން ސާފުތާހިރު ކުރެއްވުމަށް އެކަލާނގެ ކުރެއްވި ވަޢުދުފުޅަކާ އެއްގޮތްވާ ގޮތުގެ މަތިންނެވެ. ވީއިރު އަހަރެމެންނަށް ނިޢުމަތްދެއްވާ މާތްރޫޙުފުޅާ މެދު އެ ކުރެވެނީ ކިހާ ބޮޑު އިހާނާތެއް ހެއްޔެވެ؟ އެފަދަ ކަމެއް ކުރާ މީހަކަށް ހުރީ ކިހާ ބޮޑު ސަޒާއެއް ހެއްޔެވެ؟


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންނަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ދެއްވިއެވެ. މިގޮތުން ތިޔަ ހުރިހާ އެންމެންނަށް ތެދު ޙަޤީޤަތަކީ ކޮބައިކަން އެނގިގެން ވެއެވެ.


ނަމަވެސް އަލްމަސީޙު ތިޔަބައިމީހުންގެ ކިބައިގައި މާތްރަސްކަލާނގެ މާތްރޫޙުފުޅު ލެއްވިއެވެ. އަދި އެ މާތްރޫޙުފުޅު ތިޔަބައިމީހުންނާއި އެކުގައި ވުމުން އިތުރު އެދުރެއްގެ އުނގަންނައިދިނުމެއް ތިޔަބައިމީހުންނަކަށް ބޭނުމެއް ނުވެއެވެ. މާތްރަސްކަލާނގެ މާތްރޫޙުފުޅުން ޙައްޤު ތެދުމަގަކީ ކޮބައިކަން އަންގަވައި ދެއްވައެވެ. އަދި މާތްރަސްކަލާނގެ އެ މާތްރޫޙުފުޅު ތިޔަބައިމީހުންނަށް އެންމެހާ ތަކެތި އުނގަންނައި ދެއްވައެވެ. އެހެންވީމާ، އަލްމަސީޙާއި އެކުގައި ޙަޔާތް ވޭތުކުރުމުގައި ކުރިއަށް ދާށެވެ. އެއީ އެމަތިވެރި ރޫޙުފުޅު ތިޔަބައިމީހުންނަށް އުނގަންނައި ދެއްވިގޮތުގެ މަތިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ