8 އެކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”އެމީހުންނަށް ފުރަތަމަ މުޢުޖިޒާތް ދެއްކުމުން ވެސް ގަބޫލުނުކޮއްފިނަމަ ދެވަނަ މުޢުޖިޒާތް ދައްކާ.
ދެން މޫސާގެފާނު މާތްރަސްކަލާނގެ ވަޙީކުރެއްވި ހުރިހާ ވާހަކަތަކެއް ހާރޫނުގެފާނު ގާތު ވިދާޅުވެއްޖެއެވެ. އަދި ދައްކަން ޖެހޭ ހުރިހާ މުޢުޖިޒާތެއްގެ ވާހަކަ ވެސް ވިދާޅުވެއްޖެއެވެ.
ދެން އެކަލާނގެ ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތް އަނެއްކާވެސް ހެދުމުގެ ތެރެއަށްލާ!“ މޫސާގެފާނު އެއަތްޕުޅު ހެދުމުގެ ތެރެއަށް ލައްވާފައި ނެންގެވި އިރު އެއަތްޕުޅު ވަނީ އެކަލޭގެފާނުގެ ހަށިކޮޅުގެ އެހެން ގުނަވަންތަކެކޭ އެއްފަދައިން ދުޅަހެއި ކޮށެވެ.
އަދި އެމީހުން މި ދެ މުޢުޖިޒާތް ފެނި އެކަން ބަލައިނުގެން އަދި ކަލޭ ބުނި ބަސްތައް އަހައި ގަބޫލު ނުކޮށްފިނަމަ އެމީހުންގެ ކުރިމަތީގައި ނީލަކޯރުން ފެންފޮދެއް ނަގައި އެފެން ބިންމައްޗަށް އޮއްސާލާ. އެ ހިނދު އެފެން ލެޔަށް ބަދަލުވާނެ.“
އީސާގެފާނު ދެއްކެވި މާނަފުން މުޢުޖިޒާތްތައް އެތައް ބަޔަކުމެ ދުއްޓެވެ. ނަމަވެސް އެމީހުން އެކަލޭގެފާނަށް އީމާންވުމަށް އިންކާރުކޮށް ދެކޮޅު ހެދިއެވެ.