Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 4:31 - ކިތާބުލް މުޤައްދަސާ

31 ދެން ބަނީއިސްރާއީލުގެ މީހުންނަށް މޫސާގެފާނާއި ހާރޫނުގެފާނު އެމީހުންގެ ގާތަށް ފޮނުއްވީ މާތްރަސްކަލާނގެ ކަން ޔަޤީންވެއްޖެއެވެ. އަދި އެމީހުންގެ ހިތްދަތި ހާލު މާތްރަސްކަލާނގެ ބައްލަވާ ވޮޑިގަންނަވައި އެކަމާމެދު އަޅާލައްވައިފި ކަން އެނގުމުން އެމީހުން ސަޖިދައަށް ތިރިވެ އެކަލާނގެއަށް އަޅުކަން ކޮށްފިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 4:31
27 ပူးပေါင်းရင်းမြစ်များ  

އަބްރާމް ބިމުގައި މޫނުޖައްސަވައި މާތްކަލާނގެއަށް ސަޖިދަ ކުރެއްވިއެވެ. އެ ހިނދު މާތްކަލާނގެ ވަޙީކުރެއްވިއެވެ.


ދެން ޚާދިމުކަލޭގެ މާތްރަސްކަލާނގެ ކިބަފުޅަށް ސަޖިދަކޮށް މިފަދައިން ދުޢާ ދެންނެވިއެވެ.


އެއަށް ފަހު ލައިއަތު ބަލިވެ އިނދެ ފިރިހެން ދަރިއަކު ވިހެއެވެ. އަދި އެ ދަރިފުޅަށް ރައޫބައިން އޭ ކިޔައި ނަން ދިނެވެ. މިނަމުގެ ސަބަބެއްކަމުގައި އެކަނބުލޭގެއަށް މިފަދައިން ބުނެވުނެވެ. ”⁠މާތްރަސްކަލާނގެ އަހަރެންގެ އެންމެހާ މުސީބާތްތައް ބައްލަވާ ވޮޑިގަންނަވާ އެންމެހާ ހިތާމަތައް ފިއްލަވައި ދެއްވައިފި. ދެން އަހަރެންގެ ފިރިމީހާ އަހަރެން ދެކެ ލޯބިވެދާނެ.⁠“


ޔޫސުފުގެފާނު އެކަލޭގެފާނުގެ އަޚުންނަށް މިފަދައިން ވިދާޅުވިއެވެ. ”⁠އަހަރެން މިވަނީ މިދުނިޔެއަށް އަލްވަދާއުކިއުމާ ދާދި ކައިރީގައި. ނަމަވެސް މާތްކަލާނގެ ތިޔަބައިމީހުންނާއި މެދުގައި ބައްލަވާ ވޮޑިގެންވެ، ތިޔަބައިމީހުން މި ރަށުން ނެރުއްވައި އިބްރާހީމްގެފާނަށާއި، އިސްޙާޤުގެފާނަށާއި އަދި ޔަޢުޤޫބުގެފާނަށް އެކަލާނގެ ދެއްވުމަށް ވަޢުދުވެ ވޮޑިގެންނެވި ބިމަށް އެކަލާނގެ ތިޔަބައިމީހުން ގެންދަވާނެ.⁠“


ކަލޭމެން އޭރުން ބުނާނެ، ’⁠މިއީ މާތްރަސްކަލާނގެ ފަހަނަޅައި ވަޑައިގަތްކަމުގެ ހަނދާނީ ޤުރުބާނީ އޭ. އެކަލާނގެ މިޞްރުގައި ތިބި އިސްރާއީލުގެ މީހުންގެ ގޭގެ ފަހަނަޅައި ވަޑައިގެންނެވިއޭ. އަދި މިޞްރު މީހުންނަށް މަރުގެ ޢުޤޫބާތް ފޮނުއްވި އިރު ތިމަންމެން ސަލާމަތް ކުރެއްވިއޭ.⁠‘⁠“ މޫސާގެފާނު މިވާހަކަފުޅު ދައްކަވާ ނިމި ވަޑައިގަތުމުން އިސްރާއީލީންގެ އެންމެން ބިންމައްޗަށް ތިރިވެ މާތްރަސްކަލާނގެއަށް އަޅުކަންކޮށް ސަޖިދަ ކުރިއެވެ.


މާތްރަސްކަލާނގެ ކުޅަދުންވަންތަ ގަދަފަދަ ބާރުފުޅު މިޞްރުގެ މީހުންގެ މައްޗަށް ދެއްކެވިތަން ފެނުމުން އިސްރާއީލީން ހައިރާންވެ ބިރުގެންފައި ތިއްބެވެ. އެމީހުން މާތްރަސްކަލާނގެއާއި އެކަލާނގެ ޚާދިމު މޫސާގެފާނަށް އީމާންވެ ތިއްބެވެ.


އެވަގުތު އެންމެން އެއް އަޑަކުން ދެންނެވިއެވެ. ”⁠މާތްރަސްކަލާނގެ އަންގަވާ ހުރިހާ އެންގެވުންތަކާ އެއްގޮތަށް އަޅުގަނޑުމެން ކަންތައް ކުރާނަން.⁠“ އެމީހުންގެ މި ބަސްތައް މޫސާގެފާނު މާތްރަސްކަލާނގެއަށް ދެންނެވިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީ ކުރެއްވިއެވެ. ”⁠އަހަރެން ބޯ ވިލާގަނޑެއްގެ ތެރޭގައި ކަލޭގާތަށް ދާނަން. އޭރުން އަހަރެންގެ އަޑު އެމީހުންނަށް އިވޭނެ. އެއަޑު އިވުމުން އެމީހުން ކަލޭގެ ބަސް އަޑުއަހައި އިތުބާރު ކުރަމުން ދާނެ.⁠“ މޫސާގެފާނު އެމީހުން ބުނި ބަސްތައް މާތްރަސްކަލާނގެއަށް ދެންނެވިއެވެ.


އެކަލާނގެ އިސްރާއީލީންނަށް ބައްލަވައި ހަމްދަރުދީވެ ވޮޑިގެންނެވި އެވެ. އަދި އެމީހުންގެ ހާލު ދެކެވޮޑިގެންފިއެވެ.


ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’⁠ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”⁠ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.


ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘


މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠މިޞްރުގައި ތިބި އަހަރެންގެ މީސްތަކުންނަށް ލިބެމުން ދާ އަނިޔާތައް އަހަރެންނަށް ރީއްޗަށް އެބަ ފެނޭ. އެމީހުންގެ ސާހިބުންގެ އަޅުވެތިކަމުން މިންޖު ކޮށް ދިނުން އެދި އެމީހުން ރޯ ރުއިމުގެ އަޑު އަހަރެންނަށް އެބަ އަޑުއިވޭ. އެމީހުން އުޅޭހާލު އަހަރެންނަށް އެބަފެނޭ.


މީސްތަކުންނަށް ފޭލިގެކޮޅުގެ ދޮރުކޮޅުމަތީގައި ވިލާގެ ތަނބުހުއްޓާ ފެނުމުން އެމީހުން ތެދުވެ އެމީހުންގެ ފޭލިގެކުރިމަތީގައި ސަޖިދަ ކުރެއެވެ.


މޫސާގެފާނު ވަގުތުން ތިރިވެ ސަޖިދައަށް ވަޑައިގެން އަޅުކަން ކުރައްވައިފިއެވެ.


ދެން މާތްރަސްކަލާނގެ ވަޙީކުރެއްވިއެވެ. ”⁠އެމީހުންގެ ކުރިމަތީގައި ތިޔަ މުޢުޖިޒާތް ދައްކާ. އޭރުން އެމީހުންގެ ކާބަފައިން އިބްރާހީމްއާއި އިސްޙާޤު އާއި ޔަޢުޤޫބުގެ އިލާހު، މާތްރަސްކަލާނގެ ކަލެއަށް ފާޅުވެވޮޑިގެންނެވިކަން އެމީހުންނަށް ގަބޫލުކުރެވޭނެ.⁠“


”⁠ބަނީއިސްރާއީލުންގެ މާތްސާހިބުވަންތަ ރަސްކަލާނގެ ކިބަފުޅަށް ހަމްދާއި ޝުކުރު ހުރި! އެކަލާނގެ، އެކަލާނގެ މީސްތަކުން ދިންނެވުމަށް ފައްޓަވައިފި.


ހިލަބިމުގެ މައްޗަށް އޮހުނު އޮށްތަކުގެ މިސާލަކީ މާތްރަސްކަލާނގެ ބަސްފުޅުގެ އަޑުއިވި އަދި އުފަލާއި އެކު އެބަސްފުޅުތައް ގަބޫލު ކުރި ނަމަވެސް އެބައިމީހުންގެ ހިތުގައި އެކަލާނގެ ބަސްފުޅުތައް ހަރުނުލުމުގެ ސަބަބުން އެމީހުން ހަމައެކަނި ކުޑަ ވަގުތު ކޮޅަކަށްޓަކައި މާތްރަސްކަލާނގެ ކިބަފުޅަށް އިތުބާރު ކޮށް އުނދަގޫތަކާ ދިމާވުމުން އެކަލާނގެ ކިބަފުޅަށް ކުރަންވީ އިތުބާރު ކުރުން ހުއްޓާލާ މީހުންގެ މިސާލު.


މިދުވަސްވަރު މީހުންގެ ފަރާތުން ނުޢުމީއަށް އިވުނު ގޮތުގައި މާތްރަސްކަލާނގެ އިސްރާއީލުގެ މީހުންނަށް ތަނަވަސްކަން ދެއްވައި ދަނޑު ގޮވާމުގައި ބަރަކާތް ލައްވައިފިއެވެ. އެހެން ކަމުން ނުޢުމީއާއި އޭނާގެ ދެ ދަނބިދަރިން މުއާބުން އެނބުރި އޭނާގެ އަމިއްލަ ވަޒަނަށް، ދިއުމަށް ދަތުރު ހަދަން ފެށިއެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ