Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 4:27 - ކިތާބުލް މުޤައްދަސާ

27 މާތްރަސްކަލާނގެ ހާރޫނުގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ސަހަރާގެ ތެރެއަށް ގޮސް މޫސާގެފާނާ ބައްދަލު ކުރޭ!⁠“ ދެން ހާރޫނުގެފާނު ވަޑައިގެން މާތްކަލާނގެ ފަރުބަދަ ޠޫރުސީނާގެ ކައިރިން މޫސާގެފާނާއި ބައްދަލު ކުރައްވައި އެކަލޭގެފާނަށް ބޮސްދެއްވައި ސަލާން ކުރެއްވިއެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 4:27
15 ပူးပေါင်းရင်းမြစ်များ  

އެއަށް ފަހު ޔަޢުޤޫބުގެފާނު ރާޙީލްއަށް ސަލާމް ކުރެއްވުމުގެ ގޮތުން ބޮސް ދެއްވިއެވެ. އެ ހިނދު އެކަލޭގެފާނަށް އުފާފުޅު ވީވަރުން ދެލޯފުޅުން ކަރުނަފޫދި ކީރިތި ކުރެއްވުނެވެ.


މޫސާގެފާނުގެ ބަފައިކަލޭގެ ޔަޘްރޫ ސަހަރާގެތެރެއަށް އައިސް މޫސާގެފާނާ ބައްދަލު ކުރިއެވެ. އޭނާއާއެކު މޫސާގެފާނުގެ އަނބިކަނބަލުންނާއި ދެދަރިކަލުން ވެސް ގެންނެވިއެވެ. އޭރު މޫސާގެފާނާއެކު އައި އެންމެން ތިބީ މާތްކަލާނގެ ފަރުބަދަ ކާރީ ފޭލިގެ ޖަހައިގެންނެވެ.


ދެން މޫސާގެފާނު ވަޑައިގެން އެކަލޭގެފާނުގެ ބަފާކަލޭގެއާ ބައްދަކުރެއްވިއެވެ. އެކަލޭގެފާނު އޭނާއަށް ކުރުނީސް ކުރައްވައި ބޮސްދެއްވައި ހެއްދެވިއެވެ. އަދި ދެބައިމީހުން އެކަކު އަނެކެއްގެ ހާލު އަހުވާލު އަހައި އޮޅުން ފިލުއްވިއެވެ. އޭގެ ފަހުން އެމީހުން މޫސާގެފާނުގެ ފޭލިގެކޮޅަށް ދިޔައެވެ.


ދެން މޫސާގެފާނު މާތްކަލާނގެ ޙަޟްރަތަށް ކުއްތަންވުމަށް ފަރުބަދަމައްޗަށް ވަޑައިގެންފިއެވެ. މާތްރަސްކަލާނގެ އެ ފަރުބަދައިގެ މަތިން އެކަލޭގެފާނަށް ވަޙީ ބާވައިލެއްވިއެވެ. ”⁠އަހަރެން މި އަންގާ ކަންތައް ޔަޢުޤޫބުގެ ދަރިކޮޅުގެ މީހުންނަށް އަންގާ.


ޠޫރުސީނާގެ މަތިން އިވުނު ގަދަ ގުގުރީގެ އަޑުފަށްގަނޑާއި ވިދާލާ ވިދުވަރުންނާއި އިވޭ ތާޅަފިލީގެ ޒީލަ އަޑުގަދަކަމުންނާއި އަރާ ދުން ބޯކަމުން މީހުންނަކަށް ކައިރިވާކަށް ނުކެރުނެވެ. އެމީހުން ތިބީ ބިރުން ތުރުތުރުއަޅާލަ އަޅާލައެވެ.


އެހެންވެ މޫސާގެފާނާއި އެކަލޭގެފާނުގެ އެހީތެރި ޔަޝޫޢު އެތަނަށް ދާން ހިނގައިގެންފިއެވެ. ދެން މޫސާގެފާނު މާތްކަލާނގެ ފަރުބަދަ މައްޗަށް އަރާ ވަޑައިގަންނަވަން ހިންގަވާ ވަޑައިގެންފިއެވެ.


އެއްދުވަހަކު މޫސާގެފާނު އެކަލޭގެފާނުގެ ބަފައިކަލުން މިދްޔާންގެ އިމާމު ޔަސްރޫގެ ކަންބަޅިބަކަރިތައް ގޮވައިގެން ހުއިހެއްޕުމަށް ވަޑައިގެންނެވިއެވެ. އެކަލޭގެފާނު އެ ޖަނަވާރުތައް ގޮވައިގެން ސަހަރާ ހުރަސް ކުރައްވައި މާތްކަލާނގެ ފަރުބަދަ ޠޫރުސީނާ އާ ހަމަޔަށް ވަޑައިގެންފިއެވެ.


އޭނާ ލޭގެ ގޮތުން ފިރިމީހާއޭ އެ ބުނީ އެ ޚިތާނު ކުރެވުމަށް ނިސްބަތް ކޮށެވެ. ދެން މާތްރަސްކަލާނގެ މޫސާގެފާނު ދޫކޮށްލައްވައިފިއެވެ.


ތެދުވެގެން އަވަހަށް ތިރިއަށް ދޭ. އަދި އެމީހުންނާއި އެކު އެމީހުން ބުނިތާކަށް ދޭ. ބިރުގަނެ ޖެހިލުން ނުވޭ. އެމީހުން އެ އައީ އަހަރެން ފޮނުވީމަ.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ