Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 4:23 - ކިތާބުލް މުޤައްދަސާ

23 އަހަރެން އެންގެވިޔޭ އެ ދަރިކަލުން އަހަރެންނަށް އަޅުކަން ކުރުމަށް ފޮނުއްވާދޭށޭ. އެކަމަކު ކަލޭގެފާނު އެ ހުއްދަ ނުދެއްވީތީ އަހަރެން މަނިކުފާނުގެ ދޮށީ ފިރިހެން ދަރިކަލުން އަވަހާރަކޮށްލައްވާނަމޭ!⁠‘⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 4:23
22 ပူးပေါင်းရင်းမြစ်များ  

ދެން މޫސާގެފާނާއި ހާރޫނުގެފާނު ފިރުޢައުނުގެ ގާތަށް ވަޑައިގެންފިއެވެ. ”⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު އެންގެވީ މިހެން: ’⁠ކަލޭމެން އަހަންނަށް ބޯނުލަނބައި ތިބޭނީ ކިހާ ދުވަހެއްވަންދެން ހޭ؟ ތިމަންކަލާނގެ މީހުން ދިއުމުގެ ހުއްދަ ދެއްވާށޭ. އޭރުން އެމީހުންނަށް ތިމަންކަލާނގެއަށް އަޅުކަން ކުރެވޭނެއޭ.


މިފަހަރު ކަލޭމެން އިންކާރު ކޮށްފިނަމަ މާދަމައިން ފެށިގެން ކަލޭމެންގެ މައްޗަށް ގޮއްފުޅަނގީގެ މުސީބާތެއް ފޮނުއްވާނަމޭ.


އަދި މިޞްރުގެ ކޮންމެ އާއިލާއެއްގައި ހުރި އެންމެ ދޮށީ ފިރިހެން ދަރިފުޅުގެ ފުރާނަ ގެންދަވާނަމޭ. ރަސްގެފާނުގެ ވާރިސަކަށް ވާނެ ދަރިފުޅާއި ގޮދަން މުގުރާ އަޅު އަންހެނާގެ ދަރިޔާ ދެމެދުގެ ހުރިހާ ދަރިން މީގެ ތެރޭގައި ހިމެނޭނެޔޭ. ކޮންމެ ޖަނަވާރެއްގެ ދޮށީ ފިރިހެން އެތި ވެސް މަރުވާނެޔޭ.


އެރޭ ދަންވަރު މާތްރަސްކަލާނގެ މިޞްރުގެ ހުރިހާ ދޮށީ ފިރިހެން ދަރިންގެ މައްޗަށް މަރު ކުރިމަތި ކުރެއްވިއެވެ. ފިރުޢައުނުގެ ދޮށީ ދަރިން ފެށިގެން ހުރަގޭގައި އޮތް ގައިދީގެ ދަރިއަށް ދާންދެންނެވެ. އެމީހުންގެ ޖަނަވާރުތަކުގެ ދޮށީ އެއްޗަށް ދާނދެން އެރޭ މަރުވިއެވެ.


ފިރުޢައުނު ގޮތްދޫނުކޮށް ތިމަންމެން މިޞްރުން ބޭރުވުމަށް ދެކޮޅު ހެއްދެވިއޭ. އެހެންކަމުން އެމީހުންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި އެކަލާނގެ މަރުގެންނެވިއޭ. ތިމަންމެން އެކަމުގެ ހަނދާނެއްގެ ގޮތުން ތިމަންމެންގެ ދޮށީ ފިރިހެން ދަރިންނާއި ޖަނަވާރުތަކުގެ ދޮށީ އެތި މާތްރަސްކަލާނގެއަށް މިހެން ޤުރުބާން ކުރަނީއޭ. އެކަމަކު ތިމަންމެންގެ ދޮށީ ފިރިހެން ދަރިން ޤުރުބާނީ ނުކޮށް އޭގެ ބަދަލުގައި ޖަނަވާރަކުން އަގުދައްކަނީއޭ.⁠‘


މޫސާގެފާނު އެކަލޭގެފާނުގެ ބަފާކަލޭގެއަށް މާތްރަސްކަލާނގެ އިސްރާއީލީންނަށްޓަކައި މިޞްރުގައި ފިރުޢައުނާ މެދު ކުރެއްވި ހުރިހާ ކަމެއްގެ ވާހަކައާއި، އަދި އިސްރާއީލީން ދަތުރުކުރެއްވި މަގުމަތީގައި ދިމާވި ހުރިހާ ދަތިއުނދަގޫތަކުން އެކަލާނގެ އެމީހުންގެ ސަލާމަތް ކުރެއްވި ގޮތުގެ ވާހަކަ ކިޔާ ދެއްވިއެވެ.


ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’⁠މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.⁠‘


އޭގެ ފަހުން މޫސާގެފާނާއި ހާރޫނުގެފާނު މިޞްރު ރަސްގެފާނު ފިރުޢައުނާ ބައްދަލުކުރައްވައި ދެންނެވިއެވެ. ”⁠ބަނީއިސްރާއީލުންގެ ވެރި އިލާހު މާތްރަސްކަލާނގެ ވަޙީ ކުރެއްވީ ’⁠ތިމަންކަލާނގެ މީހުން ސަހަރާގެ ތެރޭގައި ތިމަންކަލާނގެ ޝަރަފުގައި ޢީދެއް ފާހަގަ ކުރުމަށް ދާން ދޫކޮށް ދެއްވާށޭ.⁠‘⁠“


”⁠ގޮސް މިޞްރު ރަސްގެފާނު ފިރުޢައުނު ގާތު ދަންނަވާ އިސްރާއީލުގެ މީހުން އަވަހަށް މިރަށުން ބޭރަށް ފޮނުވާލަ ދެއްވާށޭ.⁠“


ދެން އޭނާ ގާތު ބުނޭ. ’⁠ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ތިމަން މެދުވެރިކޮށް އަންގަވައޭ ތިމަންކަލާނގެ މީހުން އަޅުކަން ކުރުމަށް ސަހަރާއަށް ދިޔަ ދޭށޭ. އެކަމަކު އަދިވެސް ތިމަންކަލާނގެ ބުނި އެބަސްތަކެއް ކަލޭ އަޑެއް ނާހައޭ.⁠‘


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނު ގާތަށް ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ދިޔަ ދެއްވާށޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ހާރޫނުގެފާނު ގާތު ބުނޭ. ’⁠ކަލޭގެ އަސާ އުފުލައި ބިމުގައި ޖަހާށޭ. އެތަނުން އަރާ ހިރަފުހުން ހަފާމެހީގެ ބައިގަނޑެއް އުފެދޭނެޔޭ. އަދި މިޞްރުގައި ހުރި ހުރިހާ ހިރަފުހެއް ހަފާމެއްސަށް ވާނެއޭ.⁠‘⁠“


ދެން މޫސާގެފާނާއި ހާރޫނުގެފާނު މާތްރަސްކަލާނގެ އަމުރުކުރެއްވި ފަދައިން ކަންތައް ކުރައްވައިފިއެވެ. ހާރޫނުގެފާނު އަސާކޮޅުން ބިމުގެ ހިރަފުހުގައި ޖެއްސެވުމާއެކު އެ ހިރަފުސްތައް މުޅި މިޞްރުގެ ބިމަށް ހަފާމެހިތަކެއް ފަދައިން ފެތުރިގެންފިއެވެ. އެއާއެކު މިޞްރު މީހުންނާއި ޖަނަވާރުތަކުގެ މައްޗަށް އޭގެ މުސީބާތް ފޯރަން ފަށައިފިއެވެ.


ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ފިރުޢައުނު ނީލަކޯރަށް ވަޑައިގަންނަވާ މަގުމައްޗަށް ދޭ. ގޮސް ބުނޭ. ’⁠މާތްރަސްކަލާނގެ މިފަދައިން ވަޙީކުރެއްވިއޭ: ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރަން ދިޔަދެއްވާށޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފިރުޢައުނުގެ ގާތަށް ދޭ. ގޮސް ބުނޭ، ’⁠ޢިބްރާނީންގެ އިލާހު، މާތްރަސްކަލާނގެ ވަޙީކުރެއްވިއޭ. ތިމަންކަލާނގެ މީހުން ތިމަންކަލާނގެއަށް އަޅުކަން ކުރުމަށް ފޮނުވާލަ ދެއްވާށޭ.


މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”⁠ފަތިހު ތެދުވެގެން ގޮސް ފިރުޢައުނުގެ ކުރިފުޅުމައްޗަށް ދޭ. ގޮސް ބުނޭ، ’⁠މިއީ ޢިބްރާނީންގެވެރި އިލާހު، މާތްރަސްކަލާނގެ ވަޙީބަސްފުޅޭ. ތިމަންކަލާނގެ މީހުން ތިމަން ކަލާނގެއަށް އަޅުކަން ކުރަން ދިޔަ ދެއްވާށޭ.


މަނިކުފާނު އެމީހުން ދިޔަ ނުދީ ހިފަހައްޓައިގެން އުޅުއްވާނަމަ މާތްރަސްކަލާނގެ އަތްޕުޅު އުފުއްލަވައި މިރަށުގެ ހުރިހާ ޖަނަވާރުތަކަށް މުސީބާތެއް ފޮނުއްވާފާނެޔޭ. އެ މުސީބާތް ފޮނުއްވާނީ މަނިކުފާނުގެ އަސްތަކާއި ހިމާރުތަކާއި ޖަމަލު ތަކާއި ގެރިބަކަރި ކަންބަޅިތަކަށޭ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ