ނެރުއްވުން 4:21 - ކިތާބުލް މުޤައްދަސާ21 މާތްރަސްކަލާނގެ މޫސާގެފާނަށް އަނެއްކާވެސް ވަޙީކުރެއްވިއެވެ. ”ކަލޭ މިޞްރަށް ގޮސް އަހަރެން ކަލެއަށް ކުޅަދާނަކަށް ދީފައިވާ ހުރިހާ މުޢުޖިޒާތްތަކެއް ފިރުޢައުނަށް ދައްކާ. ނަމަވެސް އޭނާއަކީ ބޯހަރު ގޮތްދޫނުކުރާ މީހަކަށް އަހަރެން ހަދާނަން. އޭރުން އޭނާ އެމީހުން ދިޔަކަ ނުދޭނެ. အခန်းကိုကြည့်ပါ။ |
އަދި އަނެއްކާވެސް އަހަރެން ފިރުޢައުނުގެ ހިތް ހަރު ކުރާނަން. އޭރުން އޭނާ އަންނާނެ ކަލޭމެންގެ ފަހަތުން. އަހަރެން މިކަންތައް މިހެން މިކުރަނީ ފިރުޢައުނާއި އޭނާގެ ސިފައިން މެދުވެރިވެ އަހަރެންގެ ޖަލާލަތުގެ މަތިވެރިކަން އިތުރުވާނެ ގޮތް ހެދުމަށްޓަކައި. އޭރުން މިޞްރު މީހުންނަށް އެނގޭނެ މާތްރަސްކަލާނގެއަކީ އަހަރެން ކަން!“ ދެން އިސްރާއީލީން އެމީހުންނަށް އެންގެވުނުފަދައިން ކަންތައް ކޮށްފިއެވެ.
”މާތްރަސްކަލާނގެ މީސްތަކުންގެ ލޯތައް އަނދިރި ކުރައްވައި އެމީހުންގެ ހިތްތައް ހަރުކުރައްވައިފިއެވެ. އެކަލާނގެ އެފަދައިން ކަންކުރެއްވީ އެމީހުންނަށް އެކަންތައް ވިސްނުނަ ނުދެއްވުމަށާއި އެކަންތައް އެމީހުންނަށް ނުދެއްކެވުމަށެވެ. އަދި އެމީހުންނަށް ޝިފާ ލިބިގަތުމަށްޓަކައި އެކަލާނގެ ކިބަފުޅަށް އައުމުގެ މަގު ވެސް ނުދެއްކެވުމަށެވެ.“