17 ކަލޭ ދާއިރު އެމީހުންނަށް މުޢުޖިޒާތްތައް ދައްކަން ތިޔަ އަސާ ގެންދާތި.“
ކަލޭގެ އަސާ ތިއޮތް ކަނޑާއި ދިމާއަށް އުފުލާ. އޭރުން ކަނޑު ދެފަޅިވެދާނެ. ކަލޭމެން އެ ދެމެދުން ހިކިފައިވާ ބިމުން ހިނގާފައި ގޮސް އަނެއް ފަރާތު އެއްގަމަށް އަރާ.
މޫސާގެފާނު ޔަޝޫޢުގެފާނަށް ވިދާޅުވިއެވެ. ”ޢަމާލީގީންނާ ހަނގުރާމަ ކުރާނެ ބަޔަކު ހޯދައިގެން ގޮސް އެމީހުންނާ ދިމާ ކުރޭ. މާދަމާ އަހަރެން ފަރުބަދަ މައްޗަށް އަރައި މާތްކަލާނގެ އަސާކޮޅު ހިފަހައްޓައިގެން ހުންނާނަން.“
ދެން މާތްރަސްކަލާނގެ މޫސާގެފާނަށް ވަޙީކުރެއްވިއެވެ. ”ކަލޭގެ އަތުގައި ތިއޮތީ ކޮން އެއްޗެއް؟“ މޫސާގެފާނު ވިދާޅުވިއެވެ. ”މިއީ އަޅުގަނޑު އަސާއެއްގެ ގޮތުގައި ގެންގުޅޭ ދަނޑިބުރިއެއް.“
ދެން މޫސާގެފާނު އެކަލޭގެފާނުގެ އަނބިކަނބަލުންނާއި ދަރިކަލުންތައް ހިމާރެއްގެ މައްޗައް ލައްވައިގެން މިޞްރާ ދިމާއަށް ދަތުރު ކުރައްވަން ފެއްޓެވިއެވެ. އެކަލޭގެފާނު މާތްކަލާނގެ އަސާކޮޅު ގެންދެވިއެވެ.