Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 4:13 - ކިތާބުލް މުޤައްދަސާ

13 ނަމަވެސް މޫސާގެފާނު އަނެއްކާވެސް ދެންނެވިއެވެ. ”⁠ސާހިބުވަންތަ ކަލާކޮ! އާދޭސްކޮށްފައި ދަންނަވަން. އެހެން މީހަކު ފޮނުއްވަވާ!⁠“

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 4:13
16 ပူးပေါင်းရင်းမြစ်များ  

އުޑުގައި ވޮޑިގެންވާ ރަސްކަލާނގެ، މާތްކަލާނގެ އަހަރެންގެ އަމިއްލަ ޤައުމުންނާއި ބަފާކަލުންގެ ގެދޮރުން ނެރުއްވައި، މިރަށަށް އަހަރެން ގެނެސްދެއްވި ސަބަބަކީ މި ބިމަކީ އަހަރެންގެ ދަރިފަސްކޮޅަށް އަބަދަށްޓަކައި ދެއްވާނެ، ބިމެއް ކަމުގައި ވަޢުދުވެ ވޮޑިގެންފައިވާތީ. އަހަރެންގެ ދަރިފުޅަށް އެރަށުން އަނތްބަކު ހޯދުމަށްޓަކައި ތިބާ އެރަށަށް ދިއުމުގެ ކުރިން ތިބާގެ މަސައްކަތަށް އެހީތެރި ވުމަށްޓަކައި މާތްކަލާނގެ، އެކަލާނގެ މަލާއިކަތާ އެރަށަށް ފޮނުއްވާނެ.


އަދި މި ކަމުވޮށިވެގެންވާ ފަރާތްތަކަށް ފާގަތި ހަތް އަހަރު ދުވަހުގެ ތެރޭގައި ލިބޭ ގޮވާން ސަހަރުގައި ގުދަން ކުރުމުގެ ބާރާއި ހުއްދަ ދެއްވާ. އަދި ރަސްގެފާނުގެ ބެއްލެވުމުގެ ދަށުން އެ ތަކެތި ރައްކާތެރި ކުރައްވައި ބަލަހައްޓަވާ.


އަހަރެންނަށް ދިމާވި އެންމެހާ އުނދަގޫތަކުން މާތްރަސްކަލާނގެ މަލާއިކަތާ އަހަރެން ސަލާމަތް ކޮށްދެއްވި. މި ހިނދު މި ދެ ކުދިންގެ މައްޗަށް އެކަލާނގެ ބަރަކާތް ލެއްވުމަށް އަޅާ ދުޢާ ދަންނަވަމު. މި ދެ ކުދިން މެދުވެރި ކުރައްވައި އަޅާގެ ނަން ދަމަހައްޓަވާދޭނވެ! ހަމައެހެންމެ މިއަޅާގެ ކާބަފައިކަލުން ކަމުގައިވާ އިބްރާހީމްގެފާނާއި އަދި އިސްޙާޤުގެފާނުގެ ނަންފުޅު ވެސް މި ދެ ކުދިން މެދުވެރި ކުރައްވައި ދަމަހައްޓަވައި މި ދުނިޔޭގެ ބިމުގައި މި ކުދިންގެ ދަރިކޮޅު އިތުރު ކުރައްވައިފާނދޭވެ.⁠“


”⁠ނިކަން ބަލާ! އަހަރެން ކަލޭމެން ފޮނުވަން ހަމަޖައްސާތަނަށް ސަލާމަތްކަމާއެކު ކަލޭމެން ގެންގޮސްދޭން އެހީވުމަށް އަހަރެން މަލާއިކަތަކު އެބަ ފޮނުވަން.


އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”⁠އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’⁠މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.⁠‘⁠“


މިހާރު ދޭ! ކަލޭ ވާހަކަ ދައްކާއިރު އަހަރެން ކަލެއާ އެކުގައި ވާނަން. ކަލޭ ބުނަންވީ ބަސްތައް އަހަރެން ބުނެދޭނަން.⁠“


މާތްރަސްކަލާނގެ މޫސާގެފާނުދެކެ ކޯފާވެވޮޑިގެންނެވިއެވެ. އަދި ވަޙީކުރެއްވިއެވެ. ”⁠ތިހެންވިއްޔާ ކަލޭގެ ބޭބެ ލާވީ ގަބީލާގެ ހާރޫނު އަކީ ކުޅަދާނަކަމާއެކު ވާހަކަ ދައްކާމީހެއްކަން އަހަރެން ދަންނަމު. ބަލާބަލަ! އޭނާ އެހެރަ އަންނަނީ ކަލޭގެ ގާތަށް. ކަލޭ ފެނުމުން އޭނާ ވަރަށް އުފާވާނެ.


މިހެން އެންގެވީމާ ޔޫނުސްގެފާނު ކަންކުރެއްވި ގޮތަކީ އިސްރާއީލުގެ ޔާފާގެ ގޮނޑުދޮށަށް ވަޑައިގެން އެތަނުން އޮޑިއަކަށް ކުލިދައްކަވައި އެއަށް އަރުއްވައިގެން ނީނަވާއާ ދިމާ އިދިކޮޅަށް ދާން އޮންނަ ތަރްޝީޝްއަށް ދިއުމަށް ދަތުރު ފެއްޓެވީއެވެ. މާތްރަސްކަލާނގެއަށް ފިއްލެވުމަށް ކަމަށް ހިތައެވެ.


އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރު ވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”⁠ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.⁠“


އިންސާނާގެ ދަރިކަލުން އެކަލޭގެފާނުގެ މަލާއިކަތުން ފޮނުއްވައި ދުނިޔޭގައި ނުބައި ފާފަތައް ކުރުވާ ހުރިހާ އެއްޗަކާއި ނުބައިކަންތައް ކުރާ އެންމެން އެއްތަންކޮށް އެކަލޭގެފާނުގެ ރަސްކަމުން ބޭރުކުރައްވާނެ.


އީސާގެފާނު ޖަވާބުގައި ވިދާޅުވިއެވެ. ”⁠މާތްރަސްކަލާނގެ ކަލޭމެންގެ ކިބައިން ކުރުމަށް އެދިވޮޑިގަންނަވާ ކަމަކީ އެކަލާނގެ ފޮނުއްވި ޚާއްސަ ފަރާތަށް އީމާންވުން.⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ