Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 4:11 - ކިތާބުލް މުޤައްދަސާ

11 މާތްރަސްކަލާނގެ އެކަލޭގެފާނަށް ވަޙީކުރެއްވިއެވެ. ”⁠އިންސާނާއަށް އަނގަ ދެއްވީ ކޮންފަރާތަކުން؟ އަދި އިންސާނާ ބީރު މީހަކަށް ނުވަތަ މަންމަނަކަށް ހައްދަވަނީ ކޮން ފަރާތަކުން؟ އިންސާނާގެ ލޮލަށް އަލިކަން ދެއްވައި އަނދިރި ކުރައްވަނީ ކޮން ފަރާތަކުން؟ އެކަންތައް މެދުވެރި ކުރައްވަނީ ތިމަން މާތްރަސްކަލާނގެ ނޫންތަ؟

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 4:11
18 ပူးပေါင်းရင်းမြစ်များ  

ތިމަންކަލާނގެ އެމީހުންގެ ގާތަށް ވަޑައިގަންނަވާ ހުށީން. އަދި އެމީހުން ވާހަކަދައްކާ ބަސް އޮޅުވާލައްވާ ހުށީން. އޭރުން އެމީހުންނަކަށް އެކަކު އަނެކަކު ކިޔާ އެއްޗެއް ނޭނގޭނެ.⁠“


އަޑުއަހާނެ ކަންފަތާއި ބަލާނެ ލޮލަކީ މާތްރަސްކަލާނގެ ދެއްވި ނިޢުމަތެކެވެ.


ލޯފަން މީހުންނަށް ފެނުން ދެއްވައި، ނުހިނގޭ މީހުންނަށް ހިނގާ ދެއްވައި، ޖުޒާމުބަލި ޖެހިފައިވާ މީހުންގެ ބަލި ފަސޭހަ ކޮށްދެއްވައި، ބީރު މީހުންނަށް އިވުން ދެއްވައި، މަރުވެފައިވާ މީހުންނަށް ދިރުން ދެއްވައި، އަދި ނިކަމެތިންނަށް ހެޔޮޚަބަރު ބުނެދެއްވައި ކަމުގައި.


މިބުނި ހުރިހާކަމެއް އަހަރެން މިބުނި ފަދައިން އެކަމުގެ ވަގުތުޖެހުމުން ވާނެ. މިއަދުން ފެށިގެން ކަލެއަށް މިދަރިފުޅު ލިބެންދެން ކަލެއަކަށް ވާހަކައެއް ނުދެއްކޭނެ. އެއީ ކަލޭ އަހަރެން މިބުނި ވާހަކަތައް ގަބޫލު ނުކުރުމުން.⁠“


ހަމަ އެވަގުތު ޒަކަރިއްޔާގެ އަޑު ނުކުމެ ދޫހެލި ވާހަކަދެކެވެން ފެށިއެވެ. އޭނާ މާތްރަސްކަލާނގެ ކިބަފުޅަށް ޙަމްދުކޮށް ވާހަކަދެއްކިއެވެ.


ނަމަވެސް އަނެއްބަޔަކު ބުންޏެވެ. ”⁠މިބަސްތަކަކީ ޖިންނި އަވަލާފައި ހުންނަ މީހަކު ބުނާނެ ކަހަލަ ބަސްތަކެއް ނޫން. އެހެން ނޫނަސް ޖިންނިއަކަށް ލޯ އަނދިރި މީހެއްގެ ލޮލުގެ އަލިކަން އަނބުރާ ގެނެސް ދެވިދާނެ ތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ