ނެރުއްވުން 4:1 - ކިތާބުލް މުޤައްދަސާ1 އެކަމަކު މޫސާގެފާނު އަނެއްކާވެސް ފަސްޖެހި ވަޑައިގަތެވެ. ”އަޅުގަނޑު ބުނާ އެއްޗަކަށް އެމީހުން ބީރުކަންފަތެއް ދީ އެވާހަކަތައް ގަބޫލު ނުކޮށްފިއްޔާޔޯ؟ އެމީހުން ބުނެފާނެ: ’މާތްރަސްކަލާނގެ ކަލޭގެ ކުރިމައްޗަށް ފާޅުވެވޮޑިއެއް ނުގަންނަވައޭ.‘“ အခန်းကိုကြည့်ပါ။ |
އަނެއްކާވެސް މާތްކަލާނގެ މިފަދައިން ވަޙީކުރެއްވިއެވެ. ”އިސްރާއީލީންގެ ގާތުގައި ބުނޭ: ’އަހަރެންނަކީ ކަލޭމެންގެ ކާބަފައިންގެ އިލާހު، ޔަހޫވޭ އޭ. އަހަރެންނަކީ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ ކަލާނގެއޭ. ބުނޭ ތިމަން ފޮނުއްވީ އެކަލާނގެ ފަރާތްޕުޅުންނޭ. އަހަރެންގެ ދާއިމީ ނަންފުޅަކީ މިއީއޭ. ކުރިޔަށް އޮތް ޖީލުތަކަށް އަހަރެންގެ ނަންފުޅު އެނގިގެން ވާނީ މިފަދައިންނޭ.‘
ދޭ، ގޮސް ބަނީއިސްރާއީލުގެ ބޮޑުން އެއްކުރޭ. އެމީހުން ގާތު ބުނޭ ’ކަލޭމެންގެ ކާބަފައިންގެ ކަލާނގެ އިބްރާހީމްގެފާނާއި އިސްޙާޤުގެފާނާއި ޔަޢުޤޫބުގެފާނުގެ އިލާހު ތިމަން ކުރިމައްޗަށް ފާޅުވެ ވޮޑިގެންފިއޭ. މާތްރަސްކަލާނގެ ވަޙީ ކުރެއްވިއޭ. ”ކަލޭމެންގެ ހާލު އަހަރެން ވަރަށް ގާތުން އެބަ ދެކެވޮޑިގަންނަވަމުއޭ. އަދި މިޞްރު މީހުން ކަލޭމެންނާމެދު ކަންތައް ކުރާ ގޮތް އަހަރެން އެބަ ބައްލަވާ ވޮޑިގަންނަވަމުއޭ.
ބަނީއިސްރާއީލުގެ ބޮޑުން ކަލޭގެ ބަސް ގަބޫލު ކުރާނެ. ދެން ކަލެއާއި އެބޮޑުން މިޞްރު ރަސްގެފާނުގެ ގާތަށް ދޭ. ގޮސް ބުނޭ ’މާތްރަސްކަލާނގެ، ޢިބްރާނީންގެ ވެރި އިލާހު ތިމަންމެނަށް ފާޅުވެވޮޑިގެންފިއޭ. އެހެންކަމުން ތިމަންމެން ތިން ދުވަހުގެ ދަތުރަކަށް ރަށްބޭރަށް ދާން ހުއްދަ ދެއްވާށޭ. އެއީ ތިމަންމެންގެ އިލާހު، މާތްރަސްކަލާނގެއަށް ޤުރުބާނީއެއް ވެދުން ކުރުމަށޭ.‘