Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 39:41 - ކިތާބުލް މުޤައްދަސާ

41 އަދި މާތްވެގެންވާ މަޤާމުފުޅުގައި އިމާމުން ޚިދުމަތް ކުރާއިރު ތުރުކުރައްވަން ރީއްޗަށް ވިޔެ ޖަރީކޮށްފައިވާ ކަރާމާތްތެރި ހެދުންކޮޅުތަކެވެ. އެއީ ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށްޓަކައި ތައްޔާރުކޮށްފައިވާ ހެދުންކޮޅުތަކެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 39:41
7 ပူးပေါင်းရင်းမြစ်များ  

ހާރޫނަށް އުއްތަމަ އިމާމަކަށް އެކަށީގެންވާ ފަދަ ހައިބަވެތި ރީތި ހެދުންތައް ފަހާދީ.


ދެން ތިރީގެ ދެ ބޮޅުގައި ނޫ ފަށެއް ޖަހައި އަފޫދު ހެދުމުގައިވާ ދެ ބޮޅުގައި ހަރުކުރޭ. މި ގޮތުން އަފޫދު ހެދުމުގެ މަތީން މޭމަތީ ފޮތިގަނޑު އުނަގަނޑުގެ ބަންދުގެ މަތީ ކައިރިފަށުގައި ލާފައިވާ ރަނުގެ ބޮޅުގައި ރަނގަޅަށް ހަރުކޮށްލެވޭނެ.


ހާރޫނުގެ ދަރިންނަށް ވެސް ހައިބަވެތި ރީތި ގަމީހާއި ބޮލުގައި އަޅާ ތާކިހަލާއި އުނަގަނޑު ކަމަރު ތައްޔާރު ކުރޭ.


އަދި އުއްތަމަ އިމާމު ހާރޫނަށާއި އޭނާގެ ދަރިންނަށް ފަހާފައިވާ އިމާމުންގެ ކަރާމާތްތެރި ހެދުން ކޮޅުތަކާއި


ފަންނުވެރިން އިމާމުންގެ ހެދުންކޮޅުތައް ތައްޔާރުކުރީ ނޫކުލައާއި، ދަނބުކުލައާއި، ގަދަރަތްކުލައިން ޖަރީކޮށް މޮޅަށް ވިޔެވިފައިވާ ފޮތިންނެވެ. މިއީ މާތް މަޤާމުފުޅުގައި އެމީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރާއިރު ލާ ހެދުންކޮޅެވެ. ހާރޫނުގެފާނުގެ އިމާމު ހެދުންކޮޅު ތައްޔާރު ކުރެވުނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.


ގޯތިތެރޭގައި ވަށައިގެން ދަމާނެ ފަރުދާތަކާއި؛ އެ ހަރުކުރާނެ ތަނބުތަކާއި އޭގެ ބުޑުތަކާއި؛ ކުރިމަތީގައި ދަމާ ފަރުދާއާއި ވާވެލާވެއްޔާއި އިލިތަކާއި އަޅުކަން ކުރާއިރު ފޭލިގެކޮޅުގައި ބޭނުންވާނެ އެހެނިހެން ސާމާނު ތަކާއި؛


އިސްރާއީލީން މިތަކެތި ތައްޔާރުކޮށްފައި ވަނީ މޫސާގެފާނަށް މާތްރަސްކަލާނގެ އެންގެވި ފަދައިންނެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ