4 އަފޫދު ހެދުމުގެ ކޮނޑުމަތީ އަޅާ ފޮތިކޮޅެއް އެމީހުން ހެދިއެވެ. އޭގެ ދެ ކަން ވަނީ ގުޅުވައި އެކަތިގަނޑެއްގެ ގޮތުގައެވެ.
މި ފަށުގެ އަނެއް ކޮޅު އަފޫދު ހެދުމުގެ ކޮނޑުމަތީ އަޅާއެތިކޮޅުގައި ވާ ރަން ބޮޅުގައި ހަރުކުރޭ.
މި ހެދުމުގައި ކުރިމައްޗާއި ފުރަގަސް ހުންނަން ވާނީ ކޮނޑުމަތިން ދެ ފޮތިކޮޅަކުން ގުޅިފައި.
އަދި ރަން ތަޅައި ތުނިކޮށްގެން އެއިން ރޮދި ފަށްތައް ހަދާފައި ވަނީ ވަރަށް ކުޅަދާނަކަމާއި ފަރުވާތެރިކަމާ އެކުގައެވެ. އެ ހެދުންކޮޅުގައި ހުރި ނުލާއި ދަނބާއި ގަދަރަތް ކުލައިގެ ޖަރީކުރުންތަކުގެ ތެރޭގައި މި ރަންފަށްތައް ވެސް ވަނީ ހިމަނާފައެވެ.
އަދި ޒީނަތްތެރި ކުރެވިފައިވާ ކަމަރު ވެސް ހަދާފައި ވަނީ މޮޅު ލިނެން ފޮތިންނެވެ. އެވެސް ވަނީ ރަނާއި ނުލާއި ދަނބާއި ގަދަރަތް ރޮދިން ޖަރީކޮށްފައެވެ. އެއީ ވެސް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ.