Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 39:37 - ކިތާބުލް މުޤައްދަސާ

37 ރަތުރަނުގެ ބައްތިކޮޅާއި އެއާ ގުޅިގެން ހަދާފައި ހުރި ބައްތި ތަކާއި ބައްތި ތަށިތަކާއި އޭގެ ސާމާނުތަކާއި ދިއްލާނެ ޒައިތޫނި ތެޔޮ؛

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 39:37
9 ပူးပေါင်းရင်းမြစ်များ  

”⁠އަދި އަތްކަން ކޮށްގެން ރަތުރަނުން ބައްތިއެއް ތައްޔާރު ކުރޭ. ބައްތިއާއި ބައްތި ދަނޑި ހަދަންވާނީ މަރުތޭލުން ތަޅައި އެކަތިގަނޑެއްގެ ގޮތުގައި. އޭގެ ބުޑާއި، މެދުގައި ހުންނަ ދަނޑިއާއި، ބައްތިތަށިތަކާއި އޭގެ ތަނޑުތަކާއި ފިޔަތައް ވެސް ހުންނަން ވާނީ މިގޮތުގައި.


”⁠ބަނީ އިސްރާއީލުގެ މީހުންނަށް އަމުރުކުރޭ، ބައްތި ދިއްލަން ސާފު ޒައިތޫނި ތެޔޮ ގެންނާށޭ. އަދި އެބައްތި ނިވިޔަ ނުދީ މުޅިރޭ ދިއްލާފައި ބަހައްޓާށޭ.


ބައްތި ދަނޑި ހުންނަން ވާނީ ފޭލިގޭގައި ޢަހުދުނާމާ ފޮށިކޮޅު ނިވާކޮށްފައި ވާ ބައިގެ ފަރުދާގެ ކުރިމަތީގައި. ހާރޫނާއި އޭނާގެ ދަރިން، މާތްރަސްކަލާނގެ ޙަޟްރަތުގައި އެބައްތި މުޅި ރޭގަނޑު ދިއްލާފައި ބަހައްޓަން ވާނެ. މިއީ ބަނީ އިސްރާއީލީންގެ ދަރިންނަށާއި އެ ދަރިންގެ ދަރި މިރިމިރީނުން ކިޔަމަން ވާން ޖެހޭނެ އަމުރެއް.⁠“


މޭޒުކޮޅާއި އޭގެ ތަށިތެލި ކަންވާރުތައް؛ ޙަޟްރަތަށް ހުށަހަޅާ ބޯރޮށިތައް؛


ރަނުގެ ދުންއަޅާ އައްޓާއި، މީރު ވަސްދުވާ ތެޔޮ؛ ފޭލިގެކޮޅުގެ ދޮރުކޮޅުމަތީ ދަމާ ފަރުދާ؛


އޭރުން މި މަކަރުވެރި ދުނިޔޭގައި ފާފަވެރިންގެ މެދުގައިވެ ޙަޔާތު ވޭތުކުރާ އެކަލާނގެ ތެދުވެރި ބަދުނާމެއް ނެތް މަޢުސޫމު ދަރިންގެ ގޮތުގައި ތިޔަބައިމީހުން ވާނެއެވެ. އޭރުން އުޑުގައިވާ ތަރިތައް ފަދައިން އެބައިމީހުންގެ މެދުގައި ތިޔަބައިމީހުން ވިދާ ބަބުޅާނެކަން ގައިމެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ