ނެރުއްވުން 39:32 - ކިތާބުލް މުޤައްދަސާ32 އެންމެފަހުން ފޭލިގެކޮޅުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލެވިއްޖެއެވެ. މިހުރިހާ ކަމެއް މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން ބަނީ އިސްރާއީލީން ކޮށް ނިންމައިފިއެވެ. အခန်းကိုကြည့်ပါ။ |
އެކަމަކު އެމީހުން އެ ޚިދުމަތް ކުރަނީ އުޑުގައިވާ އަސްލު ގެކޮޅުގެ ނަމޫނާއާ އެއްގޮތަށް ހަދާފައި ހުރި ފޭލިގެކޮޅެއްގައެވެ. މޫސާގެފާނު ފޭލިގެކޮޅު ހެއްދެވުމަށް ތައްޔާރުވީ ހިނދު އެކަލޭގެފާނަށް އެންގެވިފައި ވަނީ ”ފަރުބަދަމަތީގައި ކަލޭގެފާނަށް ދެއްކެވުނު ނަމޫނާއާ މުޅީން އެއްގޮތަށް އެ ހުރިހާ އެއްޗެއް ހައްދަވާށެވެ.“
އެކަމަކު ޞަމޫއީލްގެފާނު ވިދާޅުވިއެވެ. ”މާތްރަސްކަލާނގެއަށް ޤުރުބާންކޮށް ވެދުން ހުށަހެޅީމަ އެކަލާނގެ މާބޮޑު އުފާފުޅެއް ވޭތަ؟ އެކަލާނގެއަށް ޤުރުބާނީއެއް ހުށަހެޅުމަށް ވުރެން އެކަލާނގެއަށް މުހިންމީ ކިޔަމަންތެރިކަން. ފިރިހެން ކަންބަޅިއެއްގެ ބޮޑު ސަރުބީގަނޑެއް އަންދައި އެކަލާނގެ އަށް ކުރާ ވެދުމަކަށް ވުރެން އެކަލާނގެއަށް ކިޔަމަންތެރިކަން އަދާ ކުރުން މާ މުހިންމު.