28 އެމީހުން ޚާއްސަ ފަގުޑިއާއި ތާކިހާތައް ވެސް މޮޅު ލިނެން ފޮތީގައި ތައްޔާރު ކުރިއެވެ. އަދި އެތެރޭން ލާނެ ހެދުންކޮޅުތައް ވެސް ހަމަ އެހާ މޮޅު ލިނެން ފޮތިން ތައްޔާރު ކުރިއެވެ.
އޭގައި ހާރޫނުގެ ބޯ ވަންނަވަރުގެ ބާގަނޑެއް ކަނޑައި ގިރުއާނެއް ގޮތުގައި އެ ބާގަނޑުގެ ކައިރިފަށް ވިޔެފައި ބަހައްޓާ. އެއީ އެ ފޮތިގަނޑު ވީދުނަ ނުދިނުމަށް.
ހާރޫނުގެ ގަމީސް މޮޅު ލިނެން ފޮތީގައި ވިޔޭ. އޭނާގެ ފަގުޑި ވެސް މި ފޮތިން ވިޔޭ. އަދި އުނަގަނޑު ކަމަރު ވެސް ޖަރީކޮށްގެން ހަދާ.
މިހެދުމުގައި މޭމަތީ ފޮތިގަނޑަކާއި، އަފޫދާއި، ބޭރުން ލާ ޖުއްބާއަކާއި، ގަތާފައިވާ ގަމީހަކާއި، ފަގުޑިއަކާއި، އުނަގަނޑު ކަމަރެއް އެކުލެވިފައި ވާން ވާނެ. މި ހައިބަވެތި ހެދުންތައް ތައްޔާރު ކުރުވާފައި ކަލޭގެ ބޭބެއާއި އޭނާގެ ދަރިން ލައްވައި އަހަންނަށް ޚިދުމަތް ކުރުވަން އެމީހުން ބައިތިއްބާ.
ހާރޫނުގެ ދަރިންނަށް ވެސް ހައިބަވެތި ރީތި ގަމީހާއި ބޮލުގައި އަޅާ ތާކިހަލާއި އުނަގަނޑު ކަމަރު ތައްޔާރު ކުރޭ.
އެމީހުން އެތެރެއިންލާ ލިނެން ހެދުން ވެސް ތައްޔާރު ކުރޭ. އެ ހެދުން ހުންނަން ވާނީ އުނަގަނޑުން ފެށިގެން ފައިގެ ފަލަމަސްގަނޑާ ހަމަޔަށް.
އެމީހުން ހާރޫނުގެފާނާއި އެކަލޭގެފާނުގެ ދަރިކަލުންނަށް ވެސް މޮޅު ލިނެން ފޮތީގެ ގަމީސްތައް ތައްޔާރު ކުރިއެވެ.
އެމީހުން ކަމަރު ހެދީ މޮޅު ލިނެން ފޮތިންނެވެ. އަދި އޭގައި ނުލާއި ދަނބާއި ގަދަރަތް ކުލަ ރޮދިން ޖަރީކުރިއެވެ. އެވެސް އެ ތައްޔާރުވީ މޫސާގެފާނަށް މާތްރަސްކަލާނގެ އަންގަވައިފައިވާ ގޮތަށެވެ.