22 އަފޫދު ހެދުންކޮޅު ދަށުން ލާ ހެދުން ވެސް ބަޞަލީލު ތައްޔާރު ކުރީ އެއް ފޮތިގަނޑަކަށް ވިޔެފައިވާ ނޫ ކުލައިގެ ކެހެރި ފޮތިންނެވެ.
ފޮތިގަނޑުގެ ތިރީ ދެ ބޮޅުގައި ނޫކުލައިގެ ދެ ވާކޮޅުލައި އަފޫދު ހެދުމުގައިވާ ބޮޅުތަކުގައި ހަރުކޮށްފިއެވެ. މިގޮތުން މި މޭމަތީ ފޮތިގަނޑު އަފޫދު ހެދުންކޮޅުގައިވާ ބަންދު މަތިން ރަނގަޅަށް ހަރުކޮށް ނިމުނު އިރު މިހެދުންކޮޅު ވެސް މި ތައްޔާރު ވެގެން ދިޔައީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގޮތަށެވެ.