ނެރުއްވުން 39:21 - ކިތާބުލް މުޤައްދަސާ21 ފޮތިގަނޑުގެ ތިރީ ދެ ބޮޅުގައި ނޫކުލައިގެ ދެ ވާކޮޅުލައި އަފޫދު ހެދުމުގައިވާ ބޮޅުތަކުގައި ހަރުކޮށްފިއެވެ. މިގޮތުން މި މޭމަތީ ފޮތިގަނޑު އަފޫދު ހެދުންކޮޅުގައިވާ ބަންދު މަތިން ރަނގަޅަށް ހަރުކޮށް ނިމުނު އިރު މިހެދުންކޮޅު ވެސް މި ތައްޔާރު ވެގެން ދިޔައީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ގޮތަށެވެ. အခန်းကိုကြည့်ပါ။ |
ދެން އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް ވިދާޅުވިއެވެ. ”އެއްވެސް މީހަކު އަހަރެންނަށް ތަބާވުމަށް ބޭނުން ނަމަ އޭނާގެ އަމިއްލަ އެދުންތަކުން އެއްކިބާވާން ޖެހޭނެ. އަދި އަހަރެން ފަދައިން އެމީހެއްގެ އަމިއްލަ ނަފްސު ދީ އަދި ސަލީބެއްގައި އޮވެ މަރުވާންޖެހުނު ކަމުގައި ވިޔަސް އެކަމަށް ވެސް ތައްޔާރުގައި ވާންޖެހޭނެ.