ނެރުއްވުން 39:1 - ކިތާބުލް މުޤައްދަސާ1 ފަންނުވެރިން އިމާމުންގެ ހެދުންކޮޅުތައް ތައްޔާރުކުރީ ނޫކުލައާއި، ދަނބުކުލައާއި، ގަދަރަތްކުލައިން ޖަރީކޮށް މޮޅަށް ވިޔެވިފައިވާ ފޮތިންނެވެ. މިއީ މާތް މަޤާމުފުޅުގައި އެމީހުން މާތްރަސްކަލާނގެއަށް އަޅުކަން ކުރާއިރު ލާ ހެދުންކޮޅެވެ. ހާރޫނުގެފާނުގެ އިމާމު ހެދުންކޮޅު ތައްޔާރު ކުރެވުނީ މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިންނެވެ. အခန်းကိုကြည့်ပါ။ |
އަދި ވަށައިގެން ދަމާފައިވާ ފަރުދާ ހިފަހައްޓާ ތަނބުތައް ބެހެއްޓުމަށް ބުޑުތައް ހަދާފައި ވަނީ ވެސް މި ކަފުލޮއިންނެވެ. ފޭލިގެކޮޅަށް ވަންނަ ދޮރުކޮޅުގެ ފަރުދާ ހިފަހައްޓާ ތަނބުތަކުގެ ބުޑުތައް ވެސް ހަދާފައި ވަނީ މި ކަފުލޮއިންނެވެ. އަދި ފޭލިގެކޮޅާއި ގޯތިތެރޭގައި ފޭލިކޮޅު ވަށައިގެން ހިފެހެއްޓުމަށް ބަނދެފައި ހުންނަ އިލިތައް ވެސް ވަނީ މި ކަފުލޮއިން ހަދާފައެވެ.