9 ދެން ބަޞަލީލު ފޭލިގޭގެ ގޯތިތެރެ ހެދިއެވެ. މިތަން ހުރީ ވަށައިގެން މޮޅު ލިނެން ފޮތީގެ ފަރުދާއެއް ދަމާފައެވެ. ދެކުނު ފަރާތުގައި ހުރި ފަރުދާގެ ދިގުމިނުގައި ސަތޭކަ ފަންސާސް ފޫޓެވެ.
”ފޭލިގެ ތައްޔާރު ކުރަން ވާނީ މޮޅަށް ވިޔެފައިވާ ފޮތީގެ ދިހަ ފަރުދާ ބޭނުންކޮށްގެން. ފަރުދާގައި ނޫކުލައާއި ދަނބު ކުލައާއި ގަދަ ރަތް ރޮދިން ކަރޫބީމު މަލާއިކަތުންގެ ސޫރަ ޖަރީ ކޮށްފައި ބަހައްޓަން ވާނެ.
އެ ފަރުދާ ހަރުކޮށްފައި ހުރީ ކަފުލޯ ވިހި ބުޑުތަކުގެ މަތީ ހުރި ވިހި ތަނބުތަކުގެ މަތީގައެވެ. އޭގެ ބޮޅުތަކާއި ބުޅިތައް ހުރީ ރިހިންނެވެ.
ދެން އެއަށް ފަހު މާތްވެގެންވާ ފޭލިގެކޮޅާއި ޤުރުބާނީ އަށީގެ ވަށައިގެން ފަރުދާ ދަންމަވައި ދޮރުކޮޅުމަތީގެ ފަރުދާ ވެސް ދަންމަވައިފިއެވެ. އެއާއެކު ފޭލިގެ ޖެއްސެވުމުގެ ހުރިހާކަމެއް ފުރިހަމަ ވެއްޖެއެވެ.
ދެން ގޯތި ތެރެ ތައްޔާރުކޮށް ވަށައިގެންނާއި ދޮރުމަތީގައި ފަރުދާތައް ދަމާ.