ނެރުއްވުން 38:30 - ކިތާބުލް މުޤައްދަސާ30 މިތަކެތި ބޭނުން ކުރެވުނީ ފޭލިގެކޮޅަށް ވަންނަ ދޮރުމަތީގައި ހުރި ތަނބުތަކުގެ ބުޑުތައް ހެދުމަށާއި ކަފުލޯ އައްޓާއި ފުރޭން ޖާލިގަނޑާއި އެއާ ބެހޭ އެހެނިހެން ސާމާނު ފެހާމާނުތަކާއި ތަކެތި ހެދުމަށެވެ. အခန်းကိုကြည့်ပါ။ |
އަދި ވަށައިގެން ދަމާފައިވާ ފަރުދާ ހިފަހައްޓާ ތަނބުތައް ބެހެއްޓުމަށް ބުޑުތައް ހަދާފައި ވަނީ ވެސް މި ކަފުލޮއިންނެވެ. ފޭލިގެކޮޅަށް ވަންނަ ދޮރުކޮޅުގެ ފަރުދާ ހިފަހައްޓާ ތަނބުތަކުގެ ބުޑުތައް ވެސް ހަދާފައި ވަނީ މި ކަފުލޮއިންނެވެ. އަދި ފޭލިގެކޮޅާއި ގޯތިތެރޭގައި ފޭލިކޮޅު ވަށައިގެން ހިފެހެއްޓުމަށް ބަނދެފައި ހުންނަ އިލިތައް ވެސް ވަނީ މި ކަފުލޮއިން ހަދާފައެވެ.