Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 38:27 - ކިތާބުލް މުޤައްދަސާ

27 ފޭލިގެކޮޅުގެ އެންމެ އެތެރެ ބައިގެ ބިތާއި ތަނބުތަކާއި އެތެރޭ ފަރުދާ ހަރުކުރާ ބުޑުތައް ހަދަން ތިރީސް ހަތަރު ކިލޯ ރިހި ބޭނުން ކުރެވުނެވެ. އަދި ތަނބުތަކުގެ ބުޑަކަށް ހަތްދިހަ ފަސްރާތާ ރިހި ބޭނުން ކުރެވުނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 38:27
6 ပူးပေါင်းရင်းမြစ်များ  

އަދި މި ވިހި އޮނިގަނޑުގެ ދަށުގައި ރިހީން ސާޅީސް ބުޑު ބަހައްޓާ. އެއީ އެ ދެ އޮނިގަނޑުގައި ވާ އިލިތައް މި ބުޑުތަކުގައި ވާ ލޯވަޅުތަކަށް ވަދެ ރަނގަޅަށް ފިޓުވެފައި ހުންނާނެ ހެން.


ކޮންމެ އޮނިގަނޑެއްގެ ދަށުގައި ވެސް ދެ ބުޑު ބެހެއްޓޭނެ ހެން މީގެ ސާޅީސް ބުޑު ރިހީން ހަދާ.


ފޭލިގޭގެ ފަހަތުބައިގައި ހުންނާނީ މިކަހަލަ އަށް އޮނިގަނޑު. މި އޮނިގަނޑުތައް ހުންނަން ވާނީ ރިހީގެ ސޯޅަ ބުޑު މަތީގައި. އެއީ ކޮންމެ އޮނިގަނޑެއްގެ ދަށުގައި ދެ ބުޑު ބެހެއްޓިފައި ވާނެ ހެން.


މި ފަރުދާ އަކާސިޔާ ލަކުޑީގެ ހަތަރު ތަނބުގައި ރަނުގެ ބުޅިތައް ލައި ހަރު ކުރޭ. މި ތަނބުތަކުގައި ވެސް ހުންނަން ވާނީ ރަން އުނގުޅާފައި. މި ތަނބުތައް ރިހިން ހަތަރު ބުޑު ހަދައި އޭގެ މަތީގައި ބަހައްޓާ.


މި ރިއްސަކީ ބޯހިމެނުނު މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ގެނެވުނު ރިއްސެވެ. އެއީ ނަން ލިޔެވުނު ކޮންމެ މީހެއްގެ އަތުން އައުންސެއްގެ ފަސްބައިކޮށް އެއްބައި މަގުންނެވެ. އެމީހުންގެ ތެރޭގައި އުމުރުން ވިހި އަހަރުވެފައިވާ ފިރިހެނުންގެ ހަ ލައްކަ ތިންހާސް ފަސްސަތޭކަ ފަންސާހަކަށް މީހުން ތިއްބެވެ.


ބާކީހުރި ތިރީސް ކިލޯ ރިހި ބޭނުން ކުރެވުނީ ބުޅިތަކާއި ބޮޅުތައް ހެދުމަށާއި ތަނބުތަކުގެ ކޮޅުގައި ރިހި ފަށަލަ ލުމަށެވެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ