Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 38:26 - ކިތާބުލް މުޤައްދަސާ

26 މި ރިއްސަކީ ބޯހިމެނުނު މީހުންގެ އަތުން ޓެކްސްގެ ގޮތުގައި ގެނެވުނު ރިއްސެވެ. އެއީ ނަން ލިޔެވުނު ކޮންމެ މީހެއްގެ އަތުން އައުންސެއްގެ ފަސްބައިކޮށް އެއްބައި މަގުންނެވެ. އެމީހުންގެ ތެރޭގައި އުމުރުން ވިހި އަހަރުވެފައިވާ ފިރިހެނުންގެ ހަ ލައްކަ ތިންހާސް ފަސްސަތޭކަ ފަންސާހަކަށް މީހުން ތިއްބެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 38:26
12 ပူးပေါင်းရင်းမြစ်များ  

އެރޭ އިސްރާއީލީން ރަޢަމްސީސް އިން ނުކުމެ ސުއްކޫތު އާ ދިމާއަށް ދަތުރު ކުރަން ފަށައިފިއެވެ. އެއީ އަންހެނުންނާއި ކުޑަކުދިން ނުހިމަނައި ގާތްގަނޑަކަށް ހަސަތޭކަ ހާސް މީހުންނެވެ.


”⁠ކަލޭ އިސްރާއީލީން ބޯ ހިމަނާއިރު ގުނާލެވޭ ކޮންމެ ފިރިހެނެއްގެ އަތުން އޭނާގެ ނަފްސުގެ އަގުނަގާ. އެމީހުން އެ އަގުދައްކަމުން ދާހާ ހިނދަކު އެމީހުންގެ މައްޗަކަށް ބަލިމަޑުކަމެއް ނާންނާނެ.


ބޯހިމެނޭ ކޮންމެ މީހަކު އަހަރެންނަށް ރިހި ލާރިއެއް ހުށަހަޅަން ވާނެ. މިއީ ކަރާމާތްތެރި ޝެކެލްއެއްގެ ދެބައިކުޅަ އެއްބައި. އެއީ ވިހި ގެރާހްގެ މިންވަރެއް.


ފޭލިގެކޮޅުގެ އެންމެ އެތެރެ ބައިގެ ބިތާއި ތަނބުތަކާއި އެތެރޭ ފަރުދާ ހަރުކުރާ ބުޑުތައް ހަދަން ތިރީސް ހަތަރު ކިލޯ ރިހި ބޭނުން ކުރެވުނެވެ. އަދި ތަނބުތަކުގެ ބުޑަކަށް ހަތްދިހަ ފަސްރާތާ ރިހި ބޭނުން ކުރެވުނެވެ.


އީސާގެފާނާއި އެކަލޭގެފާނުގެ އަސްޙާބީން ކަޕަރުނައުމްއަށް ވަޑައިގެންނެވި ހިނދު ބައިތުލް މަޤްދިސްއަށް ދައްކާ ފައިސާ ބަލަހައްޓާ މީހުން ޕަތަރަސްގެ ކައިރިއަށް އައިސް ސުވާލު ކުރިއެވެ. ”⁠ތިޔަބައިމީހުންގެ އެދުރުކަލޭގެފާނު ބައިތުލް މަޤްދިސްއަށް ޓެކްސް ނުދައްކަވާނެތަ؟⁠“


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ