Biblia Todo Logo
အွန်လိုင်း သမ္မာကျမ်းစာ

- ကြော်ငြာတွေ -




ނެރުއްވުން 38:21 - ކިތާބުލް މުޤައްދަސާ

21 ތިރީގައި ބަޔާންވެގެން އެވަނީ ޚާއްސަ ދިހަ އަމުރުފުޅު ލިޔެވިފައިވާ ދެ ހިލަކޮޅު ރައްކާކުރެވިފައިވާ ފޭލިގެ ކޮޅުގައިވާ ތަކެތީގެ ލިސްޓެކެވެ. މިލިސްޓު ތައްޔާރުކުރީ މޫސާގެފާނުގެ އެންގެވުމުގެ މަތިން، އިމާމު ހާރޫނުގެފާނުގެ ދަރިކަލުން އީޘާމާރު ގެ ބެލުމުގެ ދަށުން، ލާވީ ދަރިކޮޅުގެ މީހުންނެވެ.

အခန်းကိုကြည့်ပါ။ ကော်ပီ




ނެރުއްވުން 38:21
31 ပူးပေါင်းရင်းမြစ်များ  

ފޮށިހަދާ ނިމުމުން އަހަރެން ކަލެއަށް ދޭ ޢަހުދުނާމާ ލިޔެވިފައިވާ ހިލަފޮތިތައް އެއަށް ލާ.


އެތެރޭ ފަރުދާ ފުރާޅު ދަށުގައި ވާ ބުޅި ބަރީގައި އަޅުވާ. އަދި ޢަހުދުނާމާ ފޮށިކޮޅު އޭގެ ފުރަގަހުގައިވާ ކޮޓަރިއަށް ލާ. މި ފަރުދާ އަކީ މާތް މަޤާމުފުޅާއި އެންމެ މުޤައްދަސް މަޤާމުފުޅާ ދެމެދުގައި ވަކި ކޮށްލަން ބަހައްޓާ ފަރުދާއެއް.


ފޭލިގެކޮޅާއި ގޯތީގައި ދަމާ ފޮތިގަނޑުތައް ހިފަހައްޓާ އިލިތައް ވެސް ހަދާފައިހުރީ ކަފުލޮއިންނެވެ.


މާތްރަސްކަލާނގެ މޫސާގެފާނަށް އެންގެވި ފަދައިން މި ފޭލިގެކޮޅުގެ ހުރިހާ އެއްޗެއް ހެދީ ޔަހޫޛާގެ ގަބީލާގެ މީހެއްކަމުގައިވާ އޫރީގެ ދަރި އަދި ހުރްގެ ކާފަދަރި ބަޞަލީލު އެވެ.


ޢަހުދުނާމާ ފޮށިކޮޅު ބަހައްޓައި އެތެރޭގެ ފަރުދާ ދަމައި އެންމެ މުޤައްދަސް މަޤާމުފުޅުގައި ފަރުދާ ދަމައި ނިވާ ކުރޭ.


ހާރޫނު ކައިވެނިކުރީ ޢައްމީނާދާބުގެ ދަރި އަދި ނަޙްޝޫންގެ ދައްތަ އަލީޝާބައާ އެވެ. އޭނާއަށް ލިބުނީ ނާދާބު، އަބީހޫ، އަލިޢާޒާރު، އަދި އީޘާމާރު އެވެ.


އެ ހިނދު ޕަތަރަސް އީސާގެފާނަށް ދެންނެވިއެވެ. ”⁠މާތްސާހިބާ، އަޅުގަނޑުމެންނަށް މިވަގުތު މިތަނުގައި ތިބެވުނުކަން ވަރަށް ރަނގަޅު! ކަލޭގެފާނު އެދިވަޑައިގަންނަވަނީނަމަ، ތިން ހިޔާ އަޅުގަނޑު ހަދައިދީފާނަން. އެއީ ކަލޭގެފާނަށް ހިޔަލެއް، މޫސާގެފާނަށް ހިޔަލެއް އަދި އިލްޔާސްގެފާނަށް ހިޔަލެއް.⁠“


މާތްރަސްކަލާނގެ ފޭލިގެކޮޅު އަހަރެމެންގެ ކާބަފައިން ހަނަފަސް ސަހަރާގެ ބިމަށް ގެންދިޔައޭ. އެ ފޭލިގެކޮޅު ހެދިފައި ވީ މާތްރަސްކަލާނގެ މޫސާގެފާނަށް އެތަން ހެދުމަށް އެންގެވި ގޮތަށް އެންގެވި މިނަށް. މި ޚާއްސަ ފޭލިގެކޮޅު ހެދިފައިވީ މާތްރަސްކަލާނގެ މޫސާގެފާނަށް ދެއްކެވި ނަމޫނާއާ މުޅިން އެއްގޮތަށް ވެސްމެ.


އެކަލޭގެފާނަކީ އުޑުގައިވާ އަސްލު ފޭލިގެކޮޅުގައި ޚިދުމަތް ކުރައްވާ އިމާމެވެ. މި އަޅުކަމުގެ މުޤައްދަސް ފޭލިގެކޮޅު ޖައްސަވާފައި ވަނީ މާތްރަސްކަލާނގެއެވެ. އިންސާނަކު ނޫނެވެ.


އުއްތަމަ އިމާމެއްގެ ގޮތުގައި އީސާގެފާނު އެކަންތަކަކާގެން ވަޑައިގެންނެވި ހެޔޮ ކަންތައް މިހާރުވެސް މިތާގައި އެބަވެއެވެ. އެކަލޭގެފާނު ވެދެވަޑައިގެންނެވި އަޅުކަމުގެ މަޤާމުފުޅަކީ އިންސާނުން އަމިއްލައަށް ބިންމަތީގައި ތައްޔާރު ކޮށްފައި ހުރި ކަހަލަ ފޭލިގެ ކޮޅެއް ނޫނެވެ. އެއަކީ މި ދުނިޔެމަތީގެ ތަނެއް ވެސް ނޫނެވެ. އެއީ މާފުރިހަމަ އަދި މާ މަތިވެރި ފޭލިގެކޮޅެކެވެ.


އަހަރެން ދިރިހުރިހާ ހިނދަކު މިތަކެތި ތިޔަބައިމީހުންނަށް ހަނދުމަކޮށްދިނުމުގައި ދެމިހުރުމަކީ އަހަރެން ގަބޫލުކުރާ ގޮތެވެ.


އުޑުގައި ހުރި މާތްކަލާނގެ ގެކޮޅު ވަނީ ހުޅުވިފައެވެ. އަދި ޢަހުދުނާމާ ފޮށިކޮޅު ވެސް އެތަނުން ފެނުނެވެ. އެއަށް ފަހު، ހޮނުގެ ވިދުވަރާއި ގުގުރީގެ ބާރު އަޑާއި ބިންހެލުން އައެވެ. އަދި ގަނޑުފެނުގެ ބަރު ގުޅަގުޅަ ވެހުނެވެ.


މިއަށް ފަހު ސުވަރުގޭގައި ހުރި މާތްކަލާނގެ ގެކޮޅުގެ މުޤައްދަސް ފޭލިގެކޮޅު ހުޅުވިގެން ދިޔަތަން އަހަރެން ދުށީމެވެ.


ތަޚުތުން ހަރުއަޑުން މިފަދައިން މުޚާތަބު ކުރި އަޑު އަހަރެން އެހީމެވެ. ”⁠މާތްރަސްކަލާނގެ މިހާރު މިވަނީ އިންސާނުންނާއި އެކުގައި! އެކަލާނގެ އެބައިމީހުންނާއި އެކުގައި ޙަޔާތު ވޭތުކުރައްވާނެ. އަދި އެބައިމީހުންނަކީ އެކަލާނގެ މީސްތަކުންމެ. އެބައިމީހުންނާއި އެކުގައި އެކަލާނގެ ވޮޑިގެންވާނެ. އަދި އެކަލާނގެއީ އެބައިމީހުންގެ މާތްކަލާނގެ ވެސްމެ.


ကြှနျုပျတို့နောကျလိုကျပါ:

ကြော်ငြာတွေ


ကြော်ငြာတွေ